twitterviber whatsapp telegramfacebookyoutube instagram
17th October 2025

ހދ އަތޮޅު ސްޓޯރ ކުއްޔަށް ދޫކުރުމަށް އިއުލާނުކުރުމަށްފަހު އެތަނުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް ހެދުމަށް އަތޮޅު ކައުންސިލުން ނިންމައިފި

Oct 6, 2011

އިބްރާހީމް ހަމީދު

ހދ އަތޮޅު ރަށްވެހިގެ ތެރޭގައި ހުންނަ ހދ އަތޮޅު ސްޓޯރ ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށް ކުއްޔަށް ހިފާނެ ފަރާތެއް ނުލިބުމުން 3 ކޮޓަރީގެ އެޕާރޓްމަންޓެއް އެތަނުގައި ހެދުމަށް ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ރަށްވެހިގެ ތެރޭގައި ހުންނަ ހދ އަތޮޅު ސްޓޯރ އެންމެފަހުން ކުއްޔަށް ހިފާފައިވަނީ އެސްޓީއޯއިން ނެވެ. އެއިމާރާތުން އެސްޓީއޯގެ ފިހާރަ ބަދަލުކުރުމާއި ގުޅިގެން އެއިމާރާތް އިތުރު ފަރާތަކަށް ކުއްޔަށް ދިނުމަށްޓަކައި ދެފަހަރެއްގެ މަތިން ހދ އަތޮޅު ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވީ، އެއިމާރާތް ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައި ނުވާކަމަށެވެ. އަދި، މިހާރު ކައުންސިލުން ނިންމާފައިވަނީ އެތަނުގައި 3 ކޮޓަރީގެ އެޕާޓްމެންޓެއް ހެދުމަށްފަހު ކުއްޔަށް ދޫކުރުމަށްކަމަށެވެ.

ހދ އަތޮޅު ރަށްވެހިގެ ކުރިން ހިންގާފައިވަނީ ހދ އަތޮޅު ކޮމިޓީ އިންނެވެ. ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގަން ފެށުމާއި ގުޅިގެން ހދ އަތޮޅު ރަށްވެހިގެ މިހާރު ބަލަހައްޓަމުން ގެންދަނީ ހދ އަތޮޅު ކައުންސިލުންނެވެ. ގެސްޓް ހައުސްއެއްގެ ގޮތުގައި އިމާރާތް ކޮށްފައިވާ ރަށްވެހިގެ މިހާރު ހިންގަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355