twitterviber whatsapp telegramfacebookyoutube instagram
20th September 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މައްސަލާގައި ކަންހިނގާފައިވާ ގޮތާމެދު ދެކެވުނު ވާހަކައެއް ހޫނުވެ ކައުންސިލަރަކު ރައްޔިތަކާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފި

Oct 7, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މައްސަލާގައި ކަންހިނގާފައިވާ ގޮތާމެދު ދެކެވުނު ވާހަކައެއް ހޫނުވެ ކައުންސިލަރަކު ރައްޔިތަކާ ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފިއެވެ.

މިރޭ ދިހައެއް ޖަހާކަންހާއިރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި، ކުޅުދުއްފުށީގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ހީލިއަމް ކޮންސްޓްރަކްޝަންގެ ވެރިޔާ ހާރޫނާއި ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައިވަނީ ކައުންސިލްގެ މެމްބަރު އަހުމަދު އަލީ ކަމަށް ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ލިބިފައިވެއެވެ. މިދެމީހުންގެ މެދުގައި ޒުވާބު ހިނގިއިރު ކައުންސިލްގެ ރައީސްވެސް ކައުންސިލް އިދާރާގެ ކައިރީގައި ހުއްޓެވެ. އަދި އެވަގުތު އެސަރަހައްދަށް ރައްޔިތުންގެ ތެރެއިން މީހުންވެސް ކޮންމެވެސް ވަރަކަށް ޖަމާވިއެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ 3 ހަފްތާ ކުރިން ހުކުރު ދުވަހެއްގައި ކައުންސިލްގެ މެމްބަރުންތަކެއް ހާރޫނުގެ ގެޔަށް ގޮސް ގޭތެރެއަށް ވަނީ ވަދެފައެވެ. އަދި މިރޭ ކައުންސިލް އިދާރާ ކައިރިޔަށް ހާރޫނު ގޮސް ކައުންސިލްގެ މެމްބަރު އަހުމަދު އަލީ ކައިރީގައި އެހެން އެވަދެވުނީ ކޮން އުސޫލަކުންތޯ ސުވާލުކުރުމުން، ގޭގެއަށްވެސް ވަދެވޭނެކަމަށް ބުނެ އަދި ހަޑިހުތުރު ބަހުން އެއްޗެހި ގޮވީ ކަމަށް ހާރުނު މައުލޫމާތު ދިނެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކައުންސިލްގެ ރައީސްއަށް ގުޅާލުމުން ވިދާޅުވީ އެވަގުތު މައުލޫމާތު ދޭން ދަތި ކަމަށާއި މައުލޫމާތު ހޯދާލުމަށް ކައުންސިލް މެމްބަރ އަހުމަދު އަލީއަށް ގުޅާލުމަށެވެ. ނަމަވެސް މިރޭ އަދި ވަނީ އަހުމަދު އަލީއަށް ގުޅޭގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355