twitterviber whatsapp telegramfacebookyoutube instagram
11th February 2026

ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދުން 20 ގޯއްޗެއް ބީލަމުގެ އުޞޫލުން ވިއްކާލަނީ

Oct 10, 2011

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ޒޯނުން 1000 އަކަ ފޫޓުގެ 20 ގޯއްޗެއް ބީލަމުގެ އުޞޫލުން ވިއްކުމަށް ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަމަޖައްސަވައިފި އެވެ.

ބީލަމުގެ އުޞޫލުން ގޯތި ވިއްކުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ކުޅުދުއްފުށިން ލިބިފައިވާ ބިމުގެ ސަރަހައްދުުން ވިއްކާ 20 ގޯއްޗަށް ގޯތީގެ ޖުމްލަ އަގުގެ 25  ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެއެވެ. އަދި ބާކީ އަގު 10 ޕަސެންޓްގެ އިންޓަރެސްޓަކާއެކު 5 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަންޖެހެ އެވެ.

ކުޅުދުއްފުށީ ޑިވެލޮޕްމަންޓުން ހާމަކުރާ ގޮތުގައި ކުޅުދުއްފުށިން ބީލަމުގެ އުސޫލުން ވިއްކާ 20 ގޯއްޗަށް ގަންނަން އެދި ކުރިމަތިލެވޭނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ލިބިފައި ނުވާ ފަރާތްތަކަށާއި، ޝަރުއީ ހުކުމަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނުވާ މީހުންނަށާއި އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗަކަށް އެދޭ މީހާ އަށް ލިބޭ 600 އަކަފޫޓު ހަމަނުވާ ފަރާތްތަކަށެވެ.

ބައިލައްކަ ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭ މިބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ 2 ޖަހާއިރު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355