twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ގްރޫޕް އޮފް ޑެތްގެ ފުރަތަމަ މެޗު ކަސްޓަމްސްއަށް

Oct 10, 2011

.

– ޔޫޓިލިޓީސް ވަނީ ތައުލީމީ މަރުކަޒު ބަލިކޮށްފައި.

މިހާރު ކުޅެވެމުންދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ގްރޫޕް އޮފް ޑެތް ކަމަށް ގިނަ ބަޔަކު ބުނަމުންދާ ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗު ކަސްޓަމްސް ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި ވާދަކުރާ އެންމެ ގަދަ ޓީމުތަކުގެ ތެރެއިން އެއްޓީމު ކަމަށް ބެލެވޭ ކުޅުދުއްފުށީ ޕޯޓާއި ކަސްޓަމްސް މިރޭ ބައްދަލުކުރި މެޗު ކަސްޓަމްސް އިން ކާމިޔާބު ކޮށްފައި ވަނީ 1-4 ކުންނެވެ. މިގުރޫޕުގައި ދެން ހިމެނޭ އަނެއް ޓީމަކީ މިދިޔަ އަހަރުގެ ރަނަރަޕް ހޮސްޕިޓަލްއެވެ.

މިރޭގެ މެޗު ފަށައިގެން ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން ގޮސް، މެޗުގެ ނުވަވަނަ މިނެޓްގައި ޕޯޓްގެ ގޯލު ހުޅުވާލީ ކަސްޓަމްސްގެ ނުވަ ނަންބަރު ފަތުހު ﷲ އާދަމްއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ފަތުހު ﷲ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ފޯޓުގެ އަޝްރަފް މުޙައްމަދު ވަނީ ޕޯޓަށް ގޯލެއް ޖަހައިދީ އުއްމީދު އާކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފު ފެށުނު އިރު ޕޯޓުން ކުޅުން ރަނގަޅުކޮށް މެޗު އެއްވަރު ކުރުމަށް މަސައްކަތް ފެށި ކަމުގައި ވިޔަސް، ދެވަނަ ހާފުގެ ދެވަނަ މިނެޓްގައި ކަސްޓަމްސް އަށް ފަތުހު ﷲ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. އަދި ފަހު ހާފުގެ އަށްވަނަ މިނެޓްގައި ކަސްޓަމްސްގެ އަލީ އާދަމް ހަތަރު ވަނަ ގޯލް ޖަހާ ހިތްހަމަ ޖައްސާލިއެވެ. ފަހު ހާފުގައި ކަސްޓަމްސްގެ ކުޅުންތެރިޔަކަށް ޕެނަލްޓީ އޭރިޔާގެ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީ ވަނީ ޕޯޓްގެ ގޯލް ކީޕަރު އިމާދު ދިފާއުކޮށްފައެވެ. ފަހު ހާފުގައި ގިނަ ފައުލްތަކެއް ފެނިގެން ދިޔަކަމުގައި ވިޔަސް، ދެޓީމުގެވެސް އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދައްކާފައެއް ނުވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަސްޓަމްސް އަށް ތިން ގޯލު ޖަހައިދިން އެޓީމުގެ ޖޯޒީ ނަންބަރު 9، ފަތުހު ﷲ އެވެ.

މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ޔޫޓިލިޓީސްގެ ޓީމު ވަނީ 2-4 ކުން ތައުލީމީ މަރުކަޒުގެ ޓީމު ބަލިކޮށްފައެވެ. ޔޫޓިލިޓީސް އިން ޖެހި ހަތަރު ގޯލުވެސް މިމެޗުގައި ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ޔޫޓިލިޓީސް އަށް ގޯލްތައް ޖަހައިދިނީ ޒަކަރިއްޔާ އަލީ އާއި ހަސަން ހާލިދާއި މޫސާ ފަތުހީ އެވެ. ޔޫޓިލިޓީސްގެ ތިންވަނަ ލަނޑަކީ ތައުލީމީ މަރުކަޒުގެ އިބްރާހިމް މުހައްމަދު އަތުން ބައިކޮށްޅަށް ވަން ލަނޑެކެވެ. މިމެޗުގައި ތައުލީމީ މަރުކަޒުގެ ދެ ގޯލުވެސް ޖަހައިދީފައި ވަނީ އަލީ ޝަރީފްއެވެ. އަލީ ޝަރީފް ވަނީ މިމެޗުގައި ރީދޫ ކާޑެއްވެސް ހޯދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫޓިލިޓީސްގެ ކީޕަރަކަށް ކުޅުނު އަހުމަދު ހަސަންއެވެ. އަހުމަދު ހަސަން ވަނީ ތައުލީމީ މަރުކަޒުގެ ގިނަ ހަމަލާތަކެއް ސަލާމަތްކޮށްދީފައެވެ.

މިމުބާރާތުގައި މާދަމާ ރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ގައުމީ އިދާރާއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޕޮލިހާ ރަށު ކައުންސިލްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355