twitterviber whatsapp telegramfacebookyoutube instagram
9th May 2025

ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެ ސައިކަލް ދުއްވަން އިންމީހާގެ ފައި ބިނދިއްޖެ

Oct 16, 2011

ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެ ސައިކަލް ދުއްވަން އިންމީހާގެ ފައި ބިނދިއްޖެއެވެ.

ކުޅުދުއްފުށީ ގައި މިއަދު ހެނދުނު ދިހައެއް ޖަހާކަންހާއިރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ކުޅުދުއްފުށީ ނަލަހިޔާގޭ އަހުމަދު ވަހީދު މުހައްމަދު (ވަހީދުބެ) އަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ކުދިމާގޯޅިއާއި ދަންޑަހެލުމަގާ ގުޅޭ ހަތަރު އަނގޮޅީގައެވެ. ވަހީދުބެ ސައިކަލް އެކްސިޑެންޓް ވެފައިވަނީ ކުޅުދުއްފުށީގައި ޓެކްސީ ކުރާ ކާރަކާއެވެ. މިއެކްސިޑެންޓްގައި ސައިކަލަށާއި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ހޮސްޕިޓަލް ސަރަހައްދުގައި ހުރި ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރު މައުލޫމާތު ދޭގޮތުގައި ވަހީދުބެގެ ފައި ކަކުލާއި ހިސާބުން ވަނީ ބިދިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ވަހީދުބެއަށް ފަރުވާ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355