twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ދިރާގާއި ގައުމީ އިދާރާ ކުއާޓަރ ފައިނަލަށް

Oct 17, 2011

– ކުއާޓަރ ފައިނަލުގައި ގައުމީ އިދާރާއާއި ދިރާގު ބައްދަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑު

މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވުނު މެޗުތަކުން މޮޅުވެ ދިރާގާއި ގައުމީ އިދާރާ ކުއާޓާރ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ފުރަތަމަ ކުޅެވުނު މެޗުގައި ދިރާގުން ވަނީ ރަށު ކައުންސިލް އިދާރާ ކޮޅަށް 9 ލަނޑު ޖަހައި، މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައެވެ. މިމެޗުގައި ދިރާގުގެ އަސްވަދު ރަޝީދު 4 ގޯލު ޖެހިއިރު އަހުމަދު ދާއޫދުވެސް ވަނީ 3 ގޯލު ޖަހާފައެވެ. އިތުރު ގޯލުތަކުގެ ތެރެއިން ދިރާގުގެ މުހައްމަދު ފާހިރު އެއްގޯލު ޖެހިއިރު، ދިރާގުގެ އަނެއް ގޯލަކީ ރަށު ކައުންސިލްގެ މުހައްމަދު އަބްދުއްރަހްމާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ގޮވުނީ ދިރާގުގެ އަހުމަދު ދާއޫދެވެ.

މިމޮޅާއެކު ދިރާގު ކުޅުނު ތިން މެޗުން ވަނީ 6 ޕޮއިންޓް ލިބިފައެވެ. އެޓީމު ކޮޅަށް 3 ގޯލު ވަދެފައިވާ އިރު 16 ގޯލު ޖަހާފައިވެއެވެ. ގްރޫޕުގައި 6 ޕޮއިންޓް ލިބިފައިއޮތް ޕޮލިސް ޓީމު ކުޅެން އަދި ބާކީ އެއް މެޗް އޮށްވާ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައެވެ.

މިރޭގެ ދެވަނަ މެޗުގައި ގައުމީ އިދާރާ ފަޔަރ ޓީމާ ބައްދަލުކޮށް މޮޅުވެފައި ވަނީ 3-2 ކުންނެވެ. މިމެޗުގައި ގައުމީ އިދާރާގެ ތިން ގޯލުވެސް ޖަހާފައިވަނީ އެޓީމުގެ އާދަމް މުހައްމަދެވެ. ފަޔަރ ޓީމުގެ ދެގޯލު ޖަހައިދިނީ ރަމީޒު އާއި އަނީލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމީ އިދާރާއަށް ތިން ގޯލުވެސް ޖަހައިދިން އާދަމް މުހައްމަދެވެ.

ގްރޫޕް ސްޓޭޖްގައި ގައުމީ އިދާރާ ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމުނު އިރު އެޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕު 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ހޮވިފައެވެ. އެޓީމުން 15 ގޯލު ޖަހާފައި ވާއިރު ބައިކޮޅަށް ވަދެފައި ވަނީ 7 ގޯލެވެ. ދެވަނަ ބުރުގައި ގައުމީ އިދާރާ ބައްދަލު ކުރަންޖެހޭނީ ދިރާގު ނޫނީ ޕޮލިހާއެވެ. މިގުރޫޕުގައި ބާކީ އެއްމެޗު އޮތްއިރު ފަޔަރ ޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ކެނޑިފައެވެ. ގުރޫޕުގެ ފަހު މެޗުގައި އެސްޓީއޯ ޖަލާލުއްދީން ސްކޫލާ ބައްދަލު ކުރާއިރު، އެމެޗް އެއްވަރު ކޮށްލިޔަސް އެސްޓީއޯއަށް ދެވަނަ ބުރަށް ދެވޭނެއެވެ.

މިމުބާރާތުގައި މާދަމާ ރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔޫޓިލިޓީސްއާއި ފެން ކުންފުންޏެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޮސްޕިޓަލް އާއި ކުޅުދުއްފުށި ޕޯޓް ލިމިޓެޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355