twitterviber whatsapp telegramfacebookyoutube instagram
9th May 2025

މަސްތުވާތަކެއްޗާއެކު 23 އަހަރުގެ ޒުވާނަކު ކުޅުދުއްފުށިން ހައްޔަރު ކޮށްފި

Oct 18, 2011

މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ 10 ޕެކެޓާއެކު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން މީހަކު ހައްޔަރު ކޮށްފި އެވެ.

އުމުރުން 23 އަހަރުގެ އެޒުވާނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މަޢުލޫމާތު އެފަރާތަށް ލިބުމުން އެސަރަޙައްދަށް ގޮސް އެމީހާ ހޯދާ ޗެކްކޮށް އޭނާ ގެންގުޅުނު ތަކެތި ބަލާފާސް ކުރުމުގެ ތެރޭގައި އޭނާ ގެންގުޅުނު ފޮއްޓެއްގެ ތެރޭގައި އޮތް ޗިޕްސް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ 10 ޕެކެޓް ފެނިފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހާ ގެ ނަމެއް އަދި އެމީހާއަކީ ކޮންރަށެއްގެ މީހެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މިމައްސަލަ މިހާރު ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355