twitterviber whatsapp telegramfacebookyoutube instagram
24th August 2025

ދެސައިކަލު އެކްސިޑެންޓްވެ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ

Oct 19, 2011

ކުޅުދުއްފުށީގައި ދެސައިކަލެއް އެކްސިޑެންޓްވެ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާލާކަންހާއިރު ހިނގި މިއެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އެކްސިޑެންޓް ވި ދެސައިކަލުގެ ތެރެއިން އެއްސައިކަލުގެ ފަހަތުގައި އިން ކުޅުދުއްފުށީ ފިނިހިޔާގޭ އިބްރާހިމް (އެކަނި އިބްރާހިމް) އަށެވެ. އޭނާގެ ނިއްކުރިމަތިން ވަރަށް ބޮޑަށް ވަނީ ފަޅައިގެން ގޮސްފައިވެއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ ކަނބޯރަނި ހިނގުމުން އިރުން ހުޅަނގަށް ފަލާހު ދާއޫދު (ނީލް) ދުއްވާފައި ދިޔަ ސައިކަލަކާއި ޔާގޫތު މަގުން އުތުރުން ދެކުނުނަށް އަބްދުއްލަތީފް އަލީ (ދޭދަރުގެ) ދުއްވާފައި ދިޔަ ސައިކަލް ހަތަރު އަނގޮޅިމަތިން ޖެހިގެންނެވެ. އަދި އަބްދުއްލަތީފް އަލީ ދުއްވަން އިން ސައިކަލު ފަހަތުގައި އިން ފިނިހިޔާގޭ އިބްރާހިމް ވިއްސައިގެން ގޮސް ތަނެއްގައި ޖެހި ނިއްކުރި ފަޅައިގެން ދިޔައީއެވެ. މިއެކްސިޑެންޓްގައި ދެސައިކަލަށްވެސް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބިފައި ވާއިރު ދެ ސައިކަލު ދުއްވަން ތިބި ދެމީހުންނަށްވެސް މާބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންވެ. އަދި ފިނިހިޔާގޭ އިބްރާހިމަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355