.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ވަނީ ގްރޫޕް ސްޓޭޖްގައި ކުޅޭ ހުރިހާ މެޗެއް ނިމިފައެވެ. އަދި މުބާރާތުގެ ދެވަނަ ބުރު ނުވަތަ ކުއާޓަރ ފައިނަލަށް ދަތުރު ކުރާ ޓީމުތަކާއި އެޓީމުތައް ބައްދަލު ކުރަންޖެހޭ ޓީމުތައް ކަށަވަރު ވެފައެވެ.
ފަނަރަ ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ދެވަނަ ބުރަށް ދެވޭ ގޮތަށް ރޭވިފައިވާ މުބާރާތުގެ ދެވަނަ ބުރުގައި 8 ޓީމެއް ވާދަކުރާނެއެވެ. އެއީ ގުރޫޕް އެކަކުން ދިރާގު އަދި ޕޮލިހާއި ގްރޫޕު ދެޔަކުން ގައުމީ އިދާރާ އަދި އެސްޓީއޯ އާއި ގްރޫޕު ތިނަކުން ޔޫޓިލިޓީސް އަދި އަފީފުއްދީން ސްކޫލާއި ގްރޫޕު ހަތަރަކުން ހޮސްޕިޓަލް އަދި ޕޯޓް ލިމިޓެޑެވެ.
ގުރޫޕް 1
ގުރޫޕް އެކަކުން އެއްވަނަ ޓީމެއްގެ ގޮތުގައި ޕޮލިސް ޓީމު ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. އެޓީމު މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު 18 ގޯލު ޖަހާފައި ވެއެވެ. ބައިކޮޅަށް 3 ގޯލު ވަދެފައި ވުމުން ފައިދާ 15 ގޯލު އެޓީމަށް ލިބިފައި ވެއެވެ. މިގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދިރާގު ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ފައިދާ 13 ގޯލާއެކު 6 ޕޮއިންޓް ލިބިގެންނެވެ. ދެވަނަ ބުރުގައި ދިރާގަށް ބައްދަލު ކުރަން ޖެހޭނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ބެލެވޭ ގައުމީ އިދާރާއެވެ. ޕޮލިހާ ބައްދަލު ކުރާނީ އެސްޓީއޯއެވެ.
[table id=1 /]
ގުރޫޕް 2
ގުރޫޕު ދެޔެއް ގައި ފެނިގެން ދިޔައީ ވަރުގަދަ ގައުމީ އިދާރާގެ ޑޮމިނޭޝަން އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅު ވިއިރު އެޓީމުން ވަނީ 15 ގޯލު ޖަހާފައެވެ. ނަމަވެސް ބައިކޮޅަށް 7 ގޯލު ވަދެފައި ވުމުން ފައިދާ ގޯލުގެ ގޮތުގައި ލިބިފައި ވަނީ 8 ގޯލެވެ. މިގުރޫޕުގެ ދެވަނަ ޓީމަކަށް ހޮވުނީ 6 ޕޮއިންޓް ލިބުނު އެސްޓީއޯ އެވެ. މިގުރޫޕުގެ ތިންވަނަ ފަޔަރ އަށް ލިބުނު އިރު އެއްވެސް ޕޮއިންޓެއް ނުލިބި ޖަލާލުއްދީން ސްކޫލުގެ ޓީމު ވަނީ ފުލަށް ގޮސްފައެވެ.
[table id=2 /]
ގުރޫޕް 3
ވަރަށް ހަމަހަމަ ޓީމުތަކެއް ކަމަށް ބެލެވުނު ގުރޫޕު ތިނެއްގައި އަފީފުއްދީން ސްކޫލަކީ އެހެން ޓީމުތަކަށް ވުރެ ވަރުގަދަ ޓީމެއް ކަން އެޓީމުން ވަނީ ސާބިތު ކޮށްދީފައެވެ. އަފީފުއްދީނުން ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދި އިރު 20 ގޯލު ޖަހާފައި ވެއެވެ. މިގުރޫޕުގެ ދެވަނަ ޓީމަކަށް ހޮވުނީ 6 ޕޮއިންޓް ހޯދި ޔޫޓިލިޓީސް ކުންފުންޏެވެ. މިގުރޫޕްގެ ތިންވަނަ ތައުލީމީ މަރުކަޒަށް ލިބޭއިރު، އެންމެ ގިނަ ގޯލު ބައިކޮޅަށް ވަނުމުގެ ރިކޯޑާއެކު ފެން ކުންފުނި ވަނީ އެންމެ ފުލަށް ގޮސްފައެވެ. އެޓީމުގެ ގޯލަށް އިދިކޮޅު ޓީމުތަކުން 27 ގޯލު ޖަހާފައި ވެއެވެ.
[table id=3 /]
ގްރޫޕް 4
ވަރަށް ވާދަވެރި އަދި ވަރުގަދަ ތިން ޓީމު ހިމެނުނު ގުރޫޕް ހަތަރެއްގެ ކޮންމެ ޓީމަށް ވެސް ލިބުނީ ފަސް ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ހޮސްޕިޓަލް ވަނީ މިގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އެޓީމުން ވަނީ 11 ގޯލުޖަހައި ބައިކޮޅަށް 8 ގޯލު ވަދެފައެވެ. ފައިދާގެ ގޮތުގައި އޮތީ 3 ގޯލެވެ. ގުރޫޕުގެ ދެވަނަ އަށް ދިޔައީ ފޯރިގަދަ މެޗެއްގައި ރޭ ކަސްޓަމްސް އާ އެއްވަރުކުރި ޕޯޓް ލިމިޓެޑެވެ. ޕޯޓްސް އަށް މައިނަސް ދެގޯލު އޮތްއިރު ކަސްޓަމްސްއަށް ލިބިފައިވަނީ މައިނަސް ތިން ގޯލެވެ. ދެވަނަ ބުރުގައި ޕޯޓްސް ބައްދަލު ކުރަން ޖެހެނީ އަފީފުއްދީން ސްކޫލާއެވެ. އަދި ހޮސްޕިޓަލް ބައްދަލު ކުރަން ޖެހެނީ ޔޫޓިލިޓީސް ކުންފުންޏާއެވެ.
[table id=4 /]
މުބާރާތުގެ ފުރަތަމަ ބުރު ނިމުނު އިރު އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ކުރީގައި މަގުލަސް ކުލަބްގެ ތަރި އަފީފުއްދީން ސްކޫލުގެ އަހުމަދު މޫސާއެވެ. އަހުމަދު މޫސާ ވަނީ މިހާތަނަށް 11 ގޯލު ޖަހާފައެވެ.
ދެވަނަ ބުރުގެ މެޗުތައް ފަށައިދޭނީ މާދަމާރޭ ޕޮލިހާއި އެސްޓީއޯ ބައްދަލު ކުރާ މެޗުންނެވެ.