twitterviber whatsapp telegramfacebookyoutube instagram
11th February 2026

ހދ އަތޮޅު ކައުންސިލުން ކާށި ވިއްކަނީ

Oct 22, 2011

ހދ އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ކޭލަކުނުން ހޮވާ ކާށި ވިއްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ހދ ކޭލަކުނުން ހޮވާ ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި އަތޮޅު ކައުންސިލުގެ އިދާރާއަށް ގުޅުމުން ކާށި ވިއްކުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ހދ އަތޮޅު ކައުންސިލުގެ އިދާރާއިން ހުސްވި ހަފުތާގެ އަންގާރަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.

ހދ ކޭލަކުނަކީ ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ރަށެއް ނަމަވެސް މިހާރު އެރަށް ބަލަހައްޓަމުން ގެންދަވަނީ ހދ އަތޮޅު ކައުންސިލުން ނެވެ. ދާދި ފަހުން އެކައުންސިލުން ވަނީ ހދ އަތޮޅު ފިހާރަ ކުރިން ހުރި އިމާރާތް 3 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ބަދަލުކޮށް ކުއްޔަށް ދޭންވެސް ނިންމާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355