twitterviber whatsapp telegramfacebookyoutube instagram
10th August 2026

ކުޅުދުއްފުށީ ކައުންސިލްގެ ރަައީސް ޖަމްޝީދު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވައިފި

Oct 23, 2011

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ކައުންސިލުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަމާބެހޭގޮތުން ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރު ޖަމްޝީދު މުހައްމަދާ ބައްދަލުކޮށް ސުވާލު ކޮށްލުމުން ޖަމްޝީދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އިސްތިއުފާގެ ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅާފައި ޥާނެކަމަށް ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސްކަމުން ވަކިވެވަޑައިގަތުމުގެ ސަބަބެއް ކަމުގައި ޖަމްޝީދު ވިދާޅުވީ ސިއްހީ ހާލަތު ހުރިގޮތުން މިވަގުތު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދަތިވާތީ އެވެ. އަދި މުސްތަގްބަލުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރަށް ސިއްހީ ހާލަތު ތަންދީފި ނަމަ މަގާމާ ހަވާލު ވެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދު މުހައްމަދު ވިވަގުތު ހުންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމަށް ގޮހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355