twitterviber whatsapp telegramfacebookyoutube instagram
20th September 2024

ހާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމެއް ކުޅުދުއްފުށީގައި ބަލިމީހުން ބަލަން ފަށައިފި

Oct 29, 2011

.

އިބްރާހިމް ހަމީދު

ކޭމްޕް ކުލިނިކްގެ ނަމުގައި ހާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމެއް ކުޅުދުއްފުށީގައި ބަލިމީހުން ބަލަން ފަށައިފި އެވެ.

އެސްއެފް އިންވެސްޓްމަންޓްގެ ފަރާތުން ކުޅުދުއްފުށީގައި ކުރިއަށްދާ މެޑިކަލް ކޭމްޕްއާ ބެހޭގޮތުން މައުލޫމާތު ހޯދާލުމަށް އެކުންފުންޏަށް ގުޅާލުމުން މައުލޫމާތު ދޭން ބޭނުން ނުވާކަމަށް ބުނެފައި ވެއެވެ. އެކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ޝަހީދު ވިދާޅުވީ، މީޑިޔާއަށް މައުލޫމާތުދޭން ބޭނުންވެނުލައްވަނީ އެކަމަކީ ސިޔާސީ ކަމަކަށް ވެދާނެތީ ކަމަށެވެ.

މިކްލިނިކުގައި ބަލިމީހުން ބަލަމުން ގެންދަވަނީ ކުޑަކުދިންގެ ބަލިތަކަށް ޑޮކްޓަރު ޒުމްރާ ލަތީފް، ހަމުގެ ބަލިތަކަށް ޑޮކްޓަރު މުހައްމަދު ހައިކަލް، ކަށީގެ ބަލިތަކަށް ހުސެއިން ފައިސަލް، އަންހެނުންގެ ބަލިތަކަށް ޑޮކްޓަރު އަސީލް ޖަލީލު އަދި ސްކޭން ޑޮކްޓަރު އިބްރާހިމް ރަޝީދު އެވެ.

މިއަދު ހިދުމަތްދޭން ފެށި މިކްލިނިކްގައި ޑޮކްޓަރަށް ދެއްކުމުގެ ފީއެއްގެ ގޮތުގައި 300 ރުފިޔާ ނަގާއިރު ސްކޭން ކުރުމަށް 500 ރުފިޔާ އާއި 750 ރުފިޔާއާ ދެމެދުގެ އަގުތަކެއް ނަގަމުންދެ އެވެ. މިމެޑިކަލް ކޭމްޕް ކުރިއަށްދާނީ މިމަހު 27 ން 29 ށް ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ރަށްވެހިގޭގައި އެވެ.

ކުޅުދުއްފުށީގައި އެސްއެފް އިންވެސްޓްމަންޓްގެ ފަރާތުން ރާއްޖޭގައި ނަން މަޝްހޫރު ސްޕެޝަލިސްޓުންތަކެއް ކުޅުދުއްފުއްޓަށް ގެނެސް ހިދުމަތް ދެމުންދާއިރު ބަލިމީހުންގެ އަތުން ބޮޑު ފީ އެއްނަގާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355