twitterviber whatsapp telegramfacebookyoutube instagram
11th August 2026

އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައވާ ކްލާސްރޫމްތަށް އިމާރާތްކުރުމަށް ކުންފުންޏަކާއެކު ސޮއިކޮށްފި

Nov 1, 2011

ހދ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ކްލާސް ރޫމްތައް އިމާރާތްކުރުމަށް ކުންފުންޏަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ބިންގާ އަޅުއްވައި ދެއްވި މިމަޝްރޫއުގައި އަފީފުއްދީން ސްކޫލުގައި 8 ކްލާސް ރޫމްގެ ތިން ފަންގިފިލާ އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައި ވެއެވެ.

ޖުމްލަ 4.1 މިލިއަން ދިވެހި ރުފިޔާ ހަރަދުވާ މިމަޝްރޫއު ހަވާލުކޮށްފައިވަނީ ޓޫ އެލް ކޮންސްޓަރަކްޝަން އާއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކޮންޓްރެކްޓްގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން އެވެ. ޓޫ އެލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ރަޝީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355