twitterviber whatsapp telegramfacebookyoutube instagram
20th September 2024

ނޮޅިވަރަމް ކައުންސިލްގެ އާރައީސަކަށް ޝާފިއު މުހައްމަދު ހޮވައިފި

Nov 4, 2011

.

އިބްރާހިމް ހަމީދު

ނޮޅިވަރަމް ކައުންސިލްގެ އާރައީސަކަށް ނޮޅިވަރަމް ހަނީމޫނު، ޝާފިއު މުހައްމަދު ހޮވައިފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބް ރައީސް އަލީ ނާޒިމް ވިދާޅުވީ ބުދަދުވަހު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި އެކައުންސިލުން ހުސްވެފައިވާ ރައީސްގެ މަގާމަށް ޝާފިއު މުހައްމަދު ހަމަޖެހުނީ ޖަލްސާއަށް ހާޒިރުވި 5 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ވޯޓް ނެގުނު ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރި ވަޑައިނުގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ޒިޔާދު އެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ކައުންސިލްގެ ކުރީ ރައީސް މުހައްމަދު ޒިޔާދު އެދުވަހުގެ ޖަލްސާއަށް ވަޑައިގެން ރައީސަކު ހޮވުމަށް ޕާޓީގެ ލަފައެއް ހޯދިންތޯ އެއްސެވިކަމަށެވެ.

“ކުރީގެ ރައީސް މުހައްމަދު ޒިޔާދު އެއްސެވި ރައީސަކު ހޮވުމަށް ޕާޓީގެ ލަފައެއް ހޯދިންތޯ. އެއީ ސުވާލުއުފެދޭ ކަމެއް. އަޅުގަނޑު ގަބޫލޫ ކުރާގޮތުގައި ކައުންސިލްގެ ރައީސަކު ހޮވުމަށް އެމްޑީޕީގެ ލަފައެއް ހޯދަންޖެހޭކަމަށް ނުދެކެން. އެއީ ކައުންސިލުން ނިންމަންޖެހޭ ކަމެއް.” ނައިބު ރައީސް ނާޒިމް ވިދާޅުވިއެވެ.

ހުސްވެފައިވާ ރަޢީސްގެ މަގާމަށް ޝާފިއު މުހައްމަދުގެ ނަން ހުށައެޅުވީ އަދާލަތު ޕާޓީ މެމްބަރު ޔޫސުފް މޫސާއެވެ. އަދި އިތުރު ނަމެއް ހުށަހަޅާފައެއް ނުވެއެވެ.

މިނިވަން މެމްބަރަކާއި އަދާލަތު ޕާޓީގެ މެމްބަރެއްގެ އިތުރުން އެމްޑީޕީގެ ތިން މެމްބަރުން ހިމެނޭ ނޮޅިވަރަމް ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ ކައުންސިލަށް އެކަށީގެންވާ އެއްބާރުލުމާއި އެހީތެރިކަން ނުދެއްވުމުގެ އިތުރުން މަޝްވަރާކުރަމުން ނުދާކަމަށް ބުނެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭރުގެ ރައީސް މުޙައްމަދު ޒިޔާދު މިދިޔަ ހަފްތާގައި މަގާމުން ދުރުކުރުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355