twitterviber whatsapp telegramfacebookyoutube instagram
15th December 2025

ނޭކުރަންދޫގައި ޕިކަޕެއް ދަށުވެ ކުޑަކުއްޖަކު މަރުވެއްޖެ

Nov 4, 2011

ހދ. ނޭކުރަންދޫގައި ދުއްވާފައި ދިޔަ ޕިކަޕެއް ދަށުވެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވެފައި ވަނީ އުމުރުން އެއްއަހަރުގެ ފިރިހެން ކުއްޖެކެވެ. މަރުކުއްޖާގެ ގައިގައި ޖެހުނު ޕިކަޕް ދުއްވަން އިނީ އެކުއްޖާ ބޮޑުބޭބެ ކިޔާ ނޭކުރަންދޫ މަންޒިލްގޭ ގެ ޒުވާނެކެވެ. އެޒުވާނާގެ ނަން މިހާތަނަށް އަދި ކަށަވަރު ވެފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އަތުގައި އެއްގަމުގައި ދުއްވާ ވެހިކަލް ދުއްވުމުގެ ލައިސަންސެއް ނޯވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ އެޒުވާނާ ގޭގެ ކުރިމަތީގައި ޕިކަޕް ދުއްވަނިކޮށް އެކުޑަކުއްޖާ ކުޅެ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ދުވެފައި ގެއިން ނުކުތް ވަގުތު އެވެ. އަދި ޕިކަޕުގައި ޖެހި ވެއްޓި ޕިކަޕްގެ ފުރޮޅު އެކުއްޖާގެ ބޮލަށް އެރީ ކަމަށް ވެއެވެ.

މިހާދިސާގެ ސަބަބުން ޕިކަޕް ދުއްވަން އިން ޒުވާނާއަށާއި އާއިލާގެ މެމްބަރުންނަށް ނަފްސާނީ ގޮތުން ޝޮކެއް ޖެހިފައިވާ ކަމަށް ހަބަރު ލިބެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު ނޭކުރަންދޫ ގައި ޕިކަޕެއް ދަށުވެ ކުޑަކުއްޖަކު ނިޔާވެފައިވާ ކަމަށާއި ފުލުހުން އެމައްސަލަ ބަލަމުންދާކަމަށް އަދި އެހާދިސާއާ ގުޅިގެން މީޑިޔާއަށް އަދި މަޢުލޫމާތު ދޭން ދަތި ކަމަށެވެ . ށ. އަތޮޅު ކަނޑިތީމާ ހިސާބުގައި އޮތް ފުލުހުންގެ ލޯންޗެއް މިހާރު ވަނީ ނޭކުރަންދުއަށް ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355