twitterviber whatsapp telegramfacebookyoutube instagram
20th September 2024

ބޮޑުއީދާ ދިމާކޮށް އެތުމާ ޕްރައިވެޓް ލިމިޓެޑުން ކުކުޅު ޝިޕްމަންޓެއް ގެނެސްފި

Nov 4, 2011

.

އިބްރާހިމް ހަމީދު

ބޮޑުއީދު ކުކުޅުގެ ނަމުގައި ކުޅުދުއްފުށީ އެތުމާ ކޮމްޕެނީން އިއްޔެ ކުކުޅު ޝިޕްމަންޓެއް  ގެނެސް ވިއްކަން ފަށައިފިއެވެ.

ކުޅުދުއްފުށި އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެތުމާ ކޮމްޕެނީންގެ މާކެޓިންގ މެނޭޖަރ އަބްދުﷲ ފަޔާޒް ވިދާޅުވީ، ބޮޑު އީދާ ދިމާކޮށް ކުކުޅު ޝިޕްމަންޓެއް ގެނެސް ވިއްކަން މިފެށީ ކުޅުދުއްފުށީ ރައްޔިތުންނަށާއި މިސަރަހައްދުގެ ރަށްރަށުގެ ރައްޔިތުންނަށް އީދުގައި ކުކުޅު ލިބުމުގެ ތާށިކަން ފޯރިޔަ ނުދިނުމަށްޓަކައެވެ.

އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ބޭރުން ކުކުޅު ޝިޕްމަންޓް ގެނެސް ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ކްލިއަރ ކޮށްގެން ވިއްކަމުން ދާއިރު ކޭސް ނަންގަވާ ފަރާތްތަކަށް އެތުމާއިން އަންނަނީ ޑެލިވަރ ވެސް ކޮށްދެމުންނެވެ .

އެކުންފުނީގެ ފައިނޭންސް މެނޭޖަރު އަންވަރު އަބޫބަކުރު ވިދާޅުވީ، މާލޭން ވިއްކާ އަގަށްވުރެ ހެޔޮކޮށް ކުކުޅު ލިބެން ހުންނާނެކަމަށާއި ހޯލްސޭލް ކުރައްވާ ފަރާތްތަކާއި ވަކިކޭސް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކަށް ފައިދާ ވާނެގޮތަށް ދޫކުރާނެއެވެ. އަދި މިޝިޕްމަންޓްގެ ކުކުޅު ހުންނާނީ ސީދާ އެހުންނަންވާ ފިނިހޫނުމިނުގައި ތާޒާކަންމަތީގައި ކަމަށް އަންވަރު ވިދާޅުވިއެވެ.

އެގޮތުން 900 ގުރާމްގެ ކުކުޅު ކޭހެއް 470 ރުފިޔާ، 1000 ގުރާމްގެ ކޭހެއް 516 ރުފިޔާ އަދި 1100 ގުރާމް ކޭހެއް 568 ރުފިޔާއަށް އެތުމާއިން އަންނަނީ މިޝިޕްމަންޓްގައި ގެނައި ކުކުޅު ވިއްކަމުންނެވެ. 1200 ގުރާމް ކޭހެއް 620 ރުފިޔާއަށް، 1300 ގުރާމް ކޭހެއް 670 ރުފިޔާ، 1400 ގުރާމްކޭހެއް 725 ރުފިޔާ އަށް އަދި 1500 ގުރާމްކޭހެއް 775 ރުފިޔާއަށެވެ. އަދި 3.5 ޕަސެންޓްގެ ޖީއެސްޓީ ނެގޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355