twitterviber whatsapp telegramfacebookyoutube instagram
27th September 2026

ހދ އަތޮޅުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައިފި

Nov 16, 2011

އިބްރާހިމް ހަމީދު

ހދ އަތޮޅުގެ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން ނިމިފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުން ހާމަކޮށްފި އެވެ.

ހދ އަތޮޅު ކައުންސިލް މިވަގުތު ހިންގުމާއި ހަވާލުވެހުންނެވި އެކައުންސިލުގެ ނައިބް ރައީސް މުހައްމަދު ޤާސިމް ވިދާޅުވީ ހދ އަތޮޅުކައުންސިލުން ކުރިއަށް އޮތް 5 އަހަރު ތަރައްގީގެ ޕްލޭން، މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަށާއި ކަމާބެހޭ އެހެން އިދާރާތަކަށްވެސް އެޕްލޭން ހުށަހަޅާފައިވާނެ ކަމަށް މުހައްމަދު ޤާސިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނައިބު ރައީސް މުހައްމަދު ގާސިމް ވިދާޅުވީ، 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ހދ އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލިއިރު ހދ އަތޮޅުގެ ކޮންމެ ރަށަކުން އެރަށެއްގެ ތަރައްޤީގެ ޕްލޭން ނިންމާ އެލްޖީއޭއަށް ފޮނުވާފައި ކަމަށެވެ.

” އެރަށް ރަށުގެ ތަރައްގީގެ ޕްލޭންތަކަށް ބަލާފައި ޖުމްލަކޮށް މުޅި އަތޮޅުގެ ތަރައްގީގެ ޕްލޭނާއެކު ފައިނޭންޝަލް ޕްލޭން ވެސް ތައްޔާރުކޮށް މިހާރު ވާނީ ކަމާބެހޭ އިދާރާތަކަށް ފޮނުވާފަ” ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޤާސިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293