twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި ތަޅުއެޅުވި މީހާ ހައްޔަރު ކޮށްފި

Nov 15, 2011

އިބްރާހިމް ހަމީދު

ހދ ނޮޅިވަރަންފަރުން ގޯތި ދޫކުރުން ލަސްވަމުންދާ ކަމަށް ބުނެ އެރަށު ކައުންސިލް އިދާރާގައި އިއްޔެ ތަޅު އެޅުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެރަށު އަންނާރުމާގެ އަބްދުއްރައޫފް އަބްދުއްރަހުމާން އެވެ.

ނަން ހާމަނުކުރުމަށް އެދި ނޮޅިވަރަމްފަރުން މިނޫހަށް މައުލޫމާތު ދިން މީހަކު ބުނީ، އެރަށު ކައުންސިލް އިދާރާގައި ތަޅުއެޅުވި އަބްދުއްރައޫފު އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައި އެވެ. އެމައްސަލައާ ގުޅިގެން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، އިއްޔެ ނޮޅިވަރަމްފަރު ކައުންސިލް އިދާރާގައި ތަޅުއެޅުވުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ބަލަމުންދާ މައްސަލަ އަކަށްވާތީ ހައްޔަރުކުރި މީހާގެ ނަން ހާމަކުރެވެން ނެތްކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355