twitterviber whatsapp telegramfacebookyoutube instagram
8th April 2026

އަންނަ އަހަރުގެ ސްކޫލްތަކުގެ ފޮތް ލިސްޓާއި ވައުޗަރ ދޫކުރަން ފަށައިފި

Nov 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ސްކޫލުތަކުގެ 2012 ވަނަ އަހަރުގެ ފޮތް ލިސްޓާއި ވައުޗަރ ދޫކުރަން ފަށައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ގްރޭޑް 1 ން 8 ށް މިއަދުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު ފަހު 3:00 ށް ފޮތް ލިސްޓާއި ވައުޗަރ ދޫކުރާނެކަމަށް އެސްކޫލުން ބުނެއެވެ.

ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ އެއް ސްކޫލުކަމަށްވާ ހދ އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 1 އަދި 2 ގެ ދަރިވަރުންގެ ފޮތް ލިސްޓާއި ވައުޗަރ ދޫކުރާނީ މާދަމާ ހެނދުނު 9:30 ން 11 ޖެހުމާ ހަމައަށެވެ. އަދި ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނަށް ފޮތް ލިސްޓާއި ވައުޗަރ ދޫކުރާނީ އެދުވަހުގެ މެންދުރުފަހު 2 ން 3:30 އަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 5، 6 އަދި 7 ގެ ދަރިވަރުންގެ ފޮތް ލިސްޓާއި ވައުޗަރ ދޫކުރާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:30 ން 11:00 ށް އަދި މެންދުރު ފަހު 2 ން 3:30 އަށެވެ. ފޮތް ލިސްޓާއި ވައުޗަރ އާ ހަވާލުވުމަށް ބެލެނިވެރިން އަންނައިރު އައިޑީ ކާޑް ގެންނަން ޖެހޭނެ ކަމަށް ހދ އަތޮޅު ތައުލީމީ މަރުކަޒުން ނެރެފައިވާ އިއުލާނުގައި ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355