twitterviber whatsapp telegramfacebookyoutube instagram
24th May 2025
ADVERTISEMENT

ނޫމަޑި ކުންފުނިން ހަނިމާދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށައިފި

Nov 27, 2011

އިބްރާހިމް ހަމީދު

ނޫމަޑި ކުންފުނިން ހދ ހަނިމާދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހދ ހަނިމާދޫގައި ވަތަނިއްޔާ ޓެލެކޮމްގެ ޓަވަރ ހުންނަ ސަރަހައްދުގެ އިރުމަތީގައި އޮތް ހުސްބިމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކާ ބެހޭގޮތުން، ނޫމަޑި ކުންފުނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާޓްގެ ސީއީއޯ އަނާން ވިދާޅުވީ، ހަނިމާދޫގައި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ހަނިމާދޫގައި މިހާރު އެބަހުރި ކަމަށާއި އިތުރަށް ބޭނުންވާތަކެތި ގެންދާނީ ކުޅުދުއްފުށީގައި ހުރި އެކުންފުނީގެ ސައިޓުން ކަމަށެވެ. އަދި، ހަނިމާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށް ނިމިފައިވާ ކަމަށް އަނާން ވިދާޅުވި އެވެ.

ހަނިމާދޫގައި އަޅާ ހައުސިން ޔުނިޓުތަކަކީ، ކޮންމެ ޔުނިޓެއްގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް ހިމެނޭގޮތަށް އިމާރާތްކުރާ ހައުސިން ޔުނިޓު ތަކެކެވެ.

ނޫމަޑި ކުންފުނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާޓުން ބުނާގޮތުގައި، ހަނިމާދޫގައި އިމާރާތްކުރާ ގެތަށް ވިއްކުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ އަގުތަކެއްގައި އެވެ.

ނޫމަޑި ކުންފުނީގެ ފަރާތުން ކުޅުދުއްފުށީގައި މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ 40 ހައުސިން ޔުނިޓުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށްވެސް އައިލެންޑް އެކްސްޕާޓްގެ ސީއީއޯ އަނާން ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް އެކުންފުންޏަށް މިހާރު ލިބިފައިވާކަމަށާއި އެސަރަހައްދުގައި އަޅަން ހަމަޖެހިފައި ވަނީ 60 ހައުސިން ޔުނިޓު ކަމަށް ނޫމަޑި ކުންފުނިން ބުނެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com