twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހެލްތު ކޯޕަރޭޝަނާއި ކޮލަމްބޯ އޮޕްޓިކަލް ގުޅިގެން ކުޅުދުއްފުށީގައި އައިކޭމްޕެއް ހިންގަނީ

Nov 30, 2011

.

އިބްރާހިމް ހަމީދު

އަޕަރ ނޯތު ހެލްތު ކޯޕަރޭޝަނާއި ކޮލަމްބޯ އޮޕްޓިކަލް ގުޅިގެން ކުޅުދުއްފުށީގައި އައި ކޭމްޕެއް ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގެންދާ މިކޭމްޕްގައި ލޮލުގެ ނަމްބަރު ނަގައިދިނުމާއި އައިނު ހެއްދުން ކުރިއަށް ދާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި  އަގުނަގާގޮަތަށް ހަމަޖެހިފައިވަނީ  ހަމައެކަނި އައިނު ހެއްދުމަށް އެކަންޏެވެ.

މި އައިކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރުން ފެށިގެން ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. މިކޭމްޕްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތު ކޯޕަރޭޝަނާއި ކޮލަންބޯ އޮޕްޓިކަލްސް ގުޅިގެން މިސަރަހައްދުގެ ގިނަ ރަށްތަކެއްގައި މި ނޮވެމްބަރު މަހު ވަނީ އައިކޭމްޕް ތަކެއް ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355