.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އެމްއޯސީ ޓްރޭޑިންގ ކޮމްޕެނީގެ ބުކްޝޮޕުން 2012 ވަނަ އަހަރަށް ބޭނުންވާ ސްކޫލު ކުދިންގެ ފޮތްލިސްޓަށް ފޮތް ދޫކުރަން ފަށައިފިއެވެ.
ކުޅުދުއްފުށީގައި ހުންނަ އެމްއޯސީ ޓްރޭޑިންގ ކޮމްޕެނީގެ މެނޭޖަރ އަބްދުއްރަހްމާން ކުޅުދުުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަންނަ އަހަރު ސްކޫލު ކުދީންނަށް ބޭނުންވާ ފޮތްތައް ހޯދުމަށް ފޮތްލިސްޓާއި އެކު ދޫކުރާ ވައުޗަރު އެކުންފުނީގެ 2 ނަމްބަރު ބުކްޝޮޕާއި ހަވާލު ކުރުމުން ލިބޭނެއެވެ.
“.ފޮތްލިސްޓާއި ވައުޗަރު ބުކްޝޮޕާއި ހަވާލު ކުރުމުން އަޅުގަނޑުމެން މިކުންފުނީގެ ފަރާތުން ކުޅުދުއްފުށީގެ ކޮންމެ ތަނަކަށް ފޮތްބައި ހިލޭ ގެންގޮސްދެވޭނެ.” އަބްދުއްރަހްމާނު ވިދާޅުވިއެވެ.
އެމްއޯސީ ޓްރޭޑިންގ އަކީ ސްކޫލު ކުދިންނަށް ބޭނުންވާ ތަކެތި ވިއްކުމުގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީޒް އެންމެ ފުޅާދާއިރާއެއްގައި ކުޅުދުއްފުށީގައި ސަޕްލައިކުރާ ފަރާތެވެ.