twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކުޅުދުއްފުށީ ހިއްކުމުގެ ވާހަކަ ބަޖެޓްގެ އެއްވެސް ހިސާބެއްގައި ފެންނާކަށްނެތް: ނާޒިމް

Dec 3, 2011

.

ކުޅުދުއްފުށީ ބިއްހިކުމުގެ ވާހަކަ ބަޖެޓްގެ އެއްވެސް ހިސާބެއްގައި ފެންނަން ނެތްކަމަށާއި، އެކަން ކުރަނީ ކިހިނެއްތޯ ބެލުމަކީ، މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާގެ ގާނޫނީ ވާޖިބެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ކުމުންދޫ ބަނދަރާ  ބެހޭ އޮޑިޓް ރިޕޯޓް ނެރެފައި ވަނީ ނާޒިމް މަޖިލީހުގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުންކުރައްވައިގެން ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ބޮސްކާލީސް ކުންފުނީގެ އެހީގައި ކުޅުދުއްފުށީގެ ފަޅުން ބިން ހިއްކުމަށްފަހު ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ)ގެ ނަމުގައި ސަރުކާރާއި ރަށު ކައުންސިލް ހިއްސާވާގޮތަށް، ރައީސް ގަރާރަކުން ކުންފުންޏެއް އުފައްދައި، ހިއްކި ބިމުން ބިން ވިއްކަގޮތަށް، ރައްޔިތުންގެ ޚިޔާލު ނުހޯދައި ނިންމުމާއެކު، ރައްޔިތުންގެ މެދުގައި ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އުފެދި މުޒާހިރާކޮށްފައިވެއެވެ.

ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި އަވަސް އަރުވާލައިގެން ބިންހިއްކުމާއި، ބިންވިއްކަން ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ނާޖާއިޒުކަންތައްތަކެއް ވެއެވެ. އަނެއްކޮޅުން ކޭޑީސީއާއި ބެހޭ ގޮތުންވެސް ރައްޔިތުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ފޯރުކޮށް ދީފައި ނުވާކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

ރަށު ކައުންސިލްގެ ހިއްސާ އާއި ސަރުކާރުގެ ހިއްސާގެ ގޮތުގައި، ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދީފައިވަނީ ކިހާ ފައިސާއަކާއި ވަސީލަތެއްކަން އެނގޭނެ ގޮތެއްވެސް ނެތްކަމަށްވެއެވެ.

ވަރަށް ފަހުން ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއާމަން މުހަންމަދު ޙުނައިފް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގައި އަލަށް ހިއްކި ބިމަކީ އެ ކުންފުނީގެ އެސެޓެއްކަމަށާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އެއްވެސް ފައިސާއެއް (ސަރުކާރުން) ނުދެއްވާ ކަމަށާއި އަދި ބޯޑު ހިންގުމަށްވެސް ސަރުކާރުން އެންމެ ލާރިއެއްވެސް ނުދެއްވާކަމަށެވެ.

ބިންވިއްކުމާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުން ކުޅުދުއްފުށީ ކޯޓުން މިހާރު ވަނީ ބިންވިއްކުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355