twitterviber whatsapp telegramfacebookyoutube instagram
9th May 2025

ވޮއިސް އޮފް މޯލްޑިވްސްގައި ވާދަކުރަމުންދާ ތިލަދުންމަތީ ތަރި ދޮންބެއަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް

Dec 9, 2011

.

އިބްރާހިމް ހަމީދު

ވޮއިސް އޮފް މޯލްޑިވްސްގައި ވާދަކުރަމުންދާ ކުޅަދާނަ ލަވަ ކިޔުންތެރިޔާ ކުޅުދުއްފުށީ އަތަމާގޭ އަބްދުއްރަޝީދު  އިބްރާހިމް (ދޮންބެ) މިއަދު ހަވީރު ކުޅުދުއްފުއްޓަށް އައުމުން ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމްއެންބީސީއިން ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅުވާލައިގެން ބާއްވާ ވޮއިސް އޮފް މޯލްޑިވްސް ލަވަ މުބާރާތުގެ ގަދަ ތިނެއްގައި ހިމެނިފައިވާ އަބްދުއްރަޝީދު ކުޅުދުއްފުއްޓަށް އައުމުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނާއި އާއިލާއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުޅުދުއްފުއްޓަށް ފޭބުމަށްފަހު ކުޅުދުއްފުށީ އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި، ކުޅުދުއްފުށީ ރައްޔިތުންނާއި އާއިލާއިން އަދި ދިވެހިރާއްޖޭގެ ކަންކޮޅުތަކުން އޭނާއަށް ސަޕޯޓްކޮށް، ކޮށްދެއްވި މަސައްކަތަށް އޭނާ ޝުކުރު އަދާކުރިއެވެ.

“އަޅުގަނޑު މިހުރީ ކުޅުދުއްފުށީ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއެކު. ހޮނިހިރުދުވަހުގެރޭ އަޅުގަނޑާއި ދޭތެރޭ ރަގަޅު ނިންމުމެއް ނިންމާނެ ކަމަށް ޔަގީން ކުރަން.” އަބްދުއްރަޝީދު ވިދާޅުވިއެވެ.

މިއަދު އަބްދުއްރަޝީދަށް ކުޅުދުއްފުށިން ކީމަރުހަބާ ބައެއް މީހުން ސިފަކޮށްފައިވަނީ ފަހަކަށްއައިސް ސަރުކާރުގެ ވެރިޔަކު ކުޅުދުއްފުއްޓަށް އައުމުންވެސް ނުކިޔާވަރުގެ މަރުހަބާއެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355