twitterviber whatsapp telegramfacebookyoutube instagram
8th April 2026

މިމަހުގެ 23 ގައި ބާއްވާ ބޮޑު މުޒާހަރާ ކަވަރު ކުރުމުގައި ޒިންމާދާރުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކޮށްފި

Dec 21, 2011

މިމަހުގެ 23 ގައި “އިސްލާމްދީނުގެ ހިމާޔަތުގައި” ބާއްވާ ބޮޑު މުޒާހަރާ ކަވަރު ކުރުމުގައި ޒިންމާދާރުވުމަށާއި ނޫސްވެރިކަމުގެ ޕުރޮފެޝަނަލިޒަމާއި ސްލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެކޯޕަރޭޝަނުން މިހެން ބުނެފައިވަނީ، މިއަދު ނެރެފައިވާ ސަރކިއުލަރ އެއްގައި އެވެ. އެސަރކިއުލަރގައި، މިހިނގާ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު މާލޭގައޮ ބާއްވަން މަސައްކަތްކުރަމުންދާ މުޒާހަރާތައް ކަވަރުކުރުމުގަ އާއި ކަމާ ބެހޭ ޚަބަރުތައް ފެތުރުމުގައި ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމާއި ސްލޫކީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސްލަހަތަށް އިސްކަންދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރާ ކަމަށެވެ.

މުޒާހަރާގެ ހަބަރު ގެނެސްދިނުމުގައި ހަރަކާތްރިވާ ނޫސްވެރިންނަށް މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމުގެ ފުރުޞަތު މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ވެސް ތަނަވަސްކޮށްދިނުމަށްވެސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން މިއަދު ނެރުނު ސަރިކިއުލަރ ގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355