twitterviber whatsapp telegramfacebookyoutube instagram
8th April 2026

އެތުމާ ކުންފުނިން “ޗަކްރާ” އެނާޖީ ޑްރިންކް ކުޅުދުއްފުށީ މާކެޓަށް ތަޢާރަފްކޮށްފި

Dec 24, 2011

.

ކުޅުދުއްފުށީގެ ބާޒާރަށް މުޅިން އާ އެނާޖީ ޑްރިންކެއް ކަމުގައިވާ “ޗަކްރާ” ތައާރަފް ކޮށްފިއެވެ.

ކުޅުދުއްފުށީ އެތުމާ ޕްރައިވެޓް ލިމިޓްޑުން މިއަދު ތައާރަފް ކުރި ޗަކްރާ އެނާޖީ ޑްރިންކަކީ އޮސްޓްރިއާގެ ޗަކްރާ ޑްރިންކްސް ކުންފުނީގެ އުފެއްދުމެކެވެ. ޗަކްރާ ގެ ކުޅުދުއްފުށީގެ ސޯލް ޑިސްޓްރިބިއުޓަރ އެތުމާއިން މައުލޫމާތު ދެއްވިގޮތުގައި ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަށް ދިރުން ގެނުވައި ރޫހު ހޭލައްވާލާނޭ މިންވަރަށް ގުލްކޯޒާއި ކެފެއިން އަދި ޓޯރިން ހިމެނިފައިވާ މި ބުއިމަށް އެންމެ ފުރިހަމަ އަސަރެއް ގެނުވަނީ ފަތްޕިލާވެލީގެ ފައިދާހުރި ބާވަތެއް ކަމުގައިވާ ޖިންސެންގ ގެ އާދަޔާޚިލާފު ތާސީރު އޭގައި ހިމެނިފައި ވުމެވެ.

ޗަކްރާ އެނާޖީ ޑްރިންކްގެ ވަކިދަޅެއް 20 ރުފިޔާއަށް އެތުމާއިން ވިއްކާއިރު ކޭހެއްގެ އަގު އުޅެނީ 390 ރުފިޔާ އަށެވެ. އެތުމާއިން ޑިސްޓްރިބިއުޓްކުރާ މިޑްރިންކް ކުޅުދުއްފުށީގެ ފިހާރަތަކާއި ކެފޭތަކުން ލިބެން ހުންނާނެ ކަމަށް އެތުމާއިން މައުލޫމާތު ދެއްވިއެވެ. އަދި ރީޓެއިލް ފިހާރަތަކަށް ހާއްސަ ހޯލްސޭލް ރޭޓެއްގައި އެތުމާއިން ވިއްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355