twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހއ. އަތޮޅު ކައުންސިލްގެ އާ ރައީސަކަށް އަހުމަދު ރިޝްވާން ހޮވައިފި

Dec 28, 2011

.

ހުސްވެފައިވާ ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އެކައުންސިލްގައި ހިމެނޭ ދިއްދޫ ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން ހޮވައިފިއެވެ.

އިއްޔެ ހއ. ތަކަންދޫގައި ބޭއްވި އަތޮޅު ކައުންސިލް ބައްދަލު ވުމުގައި ރިޝްވާން ރައީސްކަމަށް ހޮވުނީ ބައްދަލުވުމަށް ހާޒިރުވި 9 މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. ރިޝްވާން ރައީސް ކަމަށް ހޮވަން ނުފެންނަކަމަށް އެއް މެމްބަރެއް ވޯޓު ދެއްވިއިރު އެއް މެމްބަރެއް ދެއްވި ވޯޓު ވަނީ ބާތިލް ވޯޓެއް ކަމުގައި ބަލާފައެވެ.

ހއ. އަތޮޅު ކައުންސިލްގެ މެމްބަރު ހުސެއިން ނަސީރު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރީގެ ރައީސް ސިރާޖު މިވަގުތު ސްރީލަންކާގައި ހުރުމުން މި މިބައްދަލުވުމުގައި ބައިވެރި ނުވެވޭކަމަށެވެ.

ކުރީގެ ރައީސް ސިރާޖުގެ މައްޗަށް އިތުބާރު ނެތްކަމުގައި ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައި ވަނީ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ. އޭނާ ރައީސްކަމުން ވަކިކޮށްފައި ވަނީ، ކައުންސިލްގެ އެކި މަސައްކަތްތައް ތަންފީޒުކުރުމުގައި އިހްމާލް އޮތް ކަމަށް ބެލެވިގެންނެވެ. ހއ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ 6 މެމްބަރުންނާއި ޑީއާރުޕީއަށް ނިސްބަތްވާ 4 މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355