twitterviber whatsapp telegramfacebookyoutube instagram
9th May 2025

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

Dec 30, 2011

.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އާބެހޭ ގޮތުން ކުޅުދުއްފުށީގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ރޭ ނުވައެއް ޖަހާއިރު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ މަޤްޞަދު ތަކާއި އެކޮމިޝަން އަށް ލިބިފައިވާ ބާރުތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި ފުލުހުންނާއި ބެހޭ މައްސަލައެއް ރައްޔިތުންގެ ތެރެއިން މީހަކު އެކޮމިޝަނަށް ހުށަހެޅުމަށް ނުވަތަ އެ ކޮމިޝަންގެ ސަމާލު ކަމަށް ގެނައުމަށް އަމަލު ކުރަންވީ ގޮތް ތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ.

އެކޮމިޝަންގެ މެމްބަރުން މައުލޫމާތު ދެއްވި ގޮތުގައި ނިމިގެން މިދާ 2011 ވަނަ އަހަރު 170 އަށް ވުރެ ގިނަ މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައި ވެއެވެ. އޭގެތެރެއިން އެކޮމިޝަނުން 150 ހަށްވުރެ ގިނަ މައްސަލަ ބަލަމުން އެބަދެއެވެ. ނަމަވެސް ނިމިގެން މިދާ އަހަރު އެކޮމިޝަން މައްސަލަ ބަލައިނިންމާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުނީ އެންމެ 3 މައްސަލައެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އިން ފުލުންގެ މައްސަލަތައް ބެލުމުގެ އިތުރުން ފުލުހުންގެ ސްޓޭޝަންތައް ހުންނަނީ ހުންނަންވާ ސްޓޭންޑަޑް ތަކާއި އެއްވަރަށް ތޯ ބަލާ ފާސްކުރެއެވެ. މިގޮތުން އިއްޔެވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ބަލާ ފާސްކޮށްފައެވެ.

މައުލޫމާތު ދިނުމަށް ރޭ ބޭއްވި ބައްދަލުވުމަށް ހާޒިރު ވެފައި ވަނީ އެންމެ 15 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355