.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ބިންގާ އަޅުއްވައި ދެއްވި މިމަޝްރޫއުގައި އަފީފުއްދީން ސްކޫލުގައި 8 ކްލާސް ރޫމްގެ ތިން ފަންގިފިލާ އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައި ވެއެވެ. މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައި ވަނީ ޓޫއެލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. ޓޫއެކް ކޮންސްޓްރަކްޝަނާ އެކު މިމަސައްކަތް ކުރުމަށް ސަރުކާރުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ނޮވެމްބަރު މަހުއެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި ގޮތުގައި، ތިން ފަންގިފިލާއަށް ސްކޫލުގައި ހެދުމަށް ހަމަޖެހިފައިވާ އިމާރާތް ހުންނަންޖެހޭ ސައިޓާ އެކުންފުނިން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހަވާލު ވެފައިވާ ކަމަށެވެ. އަދި ޑިސެމްބަރު މަހު 30 ވަނަ ދުވަހު އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
” ކުލާސް ރޫމްގެ އިމާރާތް 242 ދުވަސްތެރޭގައި ނިންމާ ގޮތަށް ޓޫއެލް ކޮންސްޓްރަކްޝަން ކުންފުންޏާއިއެކު އެގްރީމެންޓް ކޮށްފައިވަނީ. މިއީ 4.1 މިލިއަން ރުފިޔާގެ މަޝްރޫއެއް.” އާދަމް މޫސާ ވިދާޅުވިއެވެ.
މި އަހަރުގެ ރިރާސީ އަހަރު ފެށޭނީ ޖެނުއަރީ 8 ވާ އާދީއްތަ ދުވަހުއެވެ.
ގުޅޭލިޔުން:
– އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައވާ ކްލާސްރޫމްތަށް އިމާރާތްކުރުމަށް ކުންފުންޏަކާއެކު ސޮއިކޮށްފި
– ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމް އިމާރާތާއި ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި އަޅާ ހޯލުގެ މަސައްކަތް ބީލަމަށް ލައިފި
– ކުޅުދުއްފުށީގެ ދެސްކޫލެއްގައި އަޅަން ހަމަޖެއްސި ދެއިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މެއި މަހު ހުޅުވާލާނެކަމަށް މަތިއުތުރުގެ އެޑިޔުކޭޝަން ޔުނިޓުން ބުނެފި
– ކުޅުދުއްފުށީ ދެސްކޫލެއްގައި އަލަށް އަޅާ ދެއިމާރާތުގެ ބިންގާ އަޅައިފި