twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށީގެ އުތުރު ބަނދަރު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

Jan 10, 2012

.

ހުސްނާ އަބްދުﷲ

ކުޅުދުއްފުށީގެ އުތުރު ބަނދަރު ސަރަހައްދުގައި އަލަށް ހަދަމުންދާ މަސްޖިދުލް ފިރްދައުސްް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގީ މިއަދު މެންދުރު 12 ޖަހާކަންހާއިރު އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިނީ ކުޅުދުއްފުށީ ހަވީރު ޢަބްދުﷲ އަލީ އާއި ކުޅުދުއްފުށީ މުލީ ގޭ އަބްދުއްރަހީމް ހަސަނެވެ. މިދެމީހުންވެސް ފަރުވާ ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް މި މީހުންނަށް ލިބުނު ގެެއްލުމާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިއެކްސިޑެންޓުގައި ދެ ވެހިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. މި ދެ ވެހިކަލް ގައި ތިބި ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމުގައި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355