twitterviber whatsapp telegramfacebookyoutube instagram
27th September 2026

ހދ ފިނޭގައި 17 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކު ކޮށްލި މައްސަލައެއް ފުލުހުން ބަލަނީ

Jan 11, 2012

.

ހުސްނާ އަބްދުﷲ

ހދ ފިނޭގައި 17 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކު ކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންނަށް މި ޚަބަރު ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަަށާއި މިއަދު ހެނދުނު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ޓީމެއް އެރަށަށް ގޮސް މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވިއެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވިގެން ސުވާލު ކުރަމުންދަނީ 19 އަހަރުގެ ފިރިހެން ކުއްޖަކާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. މީނާއަކީ މިއަންހެން ކުއްޖާޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިމައްސަލަ ބެލުމަށް، ތުހުމަތު ކުރެވިފައިވާ ފިރިހެން ކުއްޖާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދުމުން، ކޯޓުން ހުއްދަ ލިބުނީ އެރަށުގައި ބަހައްޓައިގެން ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

“އަޅުގަނޑުމެންނަށް ކޯޓު އަމުރު ލިބުނީ އެރަށުގައި ބަހައްޓައިގެން ސުވާލު ކުރަން.” އަލަށް ފުލުހުންގެ މީޑިއަރ އޮފިޝަލްގެ މަގާމަށް ބަދަލުކުރި އިސްމާއިލް އަލީ ވިދާޅުވިއެވެ. ” މިހާރު ތަހުގީގު ހިނގަމުން ދަނީ.”

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ތަކަކާއި އެކު ރޭ 4 މީހަކު ހައްޔަރު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293