twitterviber whatsapp telegramfacebookyoutube instagram
11th August 2026

ދުއްވާފައި ދިޔަ ޕިކަޕަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ

Jan 15, 2012

.

ހުސްނާ އަބްދުﷲ

މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ދުއްވާފައި ދިޔަ އެސްޓީއޯގެ ޕިކަޕަކުން ވިއްސައިގެން ގޮސް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ޕިކަޕު އަނބުރާލަން އުޅުމުގެ ތެރޭގައި ޕިކަޕުގައި ހުރި ފުށް ބަސްތާތަކުގެ މަތީގައި އިށީނދެގެން އިން މީހަކު ފުށް ބަސްތާތަކާ އެކު އަރިއަޅާލައިގެން ވެއްޓި ކަމަށް މަންޒަރު ދުށް މީހަކު މިނޫހަށް މައުލޫމާތު ދިނެވެ.

ޕިކަޕުން ވެއްޓި އަނިޔާވެފައި ވަނީ އެސްޓީއޯގެ މުވައްޒަފެއް ކަމުގައިވާ އުމަރު އަލީ އަށް ކަމަށް އެސްޓީއޯގެ މެނޭޖަރ އިބްރާހިމް ރަޝީދު މައުލޫމާތު ދެއްވިއެވެ. އޭނާގެ ޅިނދު ކަށިގަނޑު ބިނދި، ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޕިކަޕުން ވެއްޓުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭނާ ވީ އެންމެ އަވަހަކަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން ދާކަމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގި އިރު އެސްޓީއޯގެ ޕިކަޕުގެ ދުއްވަން އިނީ ކުޅުދުއްފުށީ ހިޔާވަހި ފަތުހުﷲ އަލީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާދިސާގައި އަނިޔާވެފައިވާ އުމަރު އަލީ އަކީ ކުޅުދުއްފުށީގައި މީހަކާ އިނދެގެން އުޅޭ ހދ ކުމުންދޫ މީހެކެވެ.

މިއަދު ހެނދުނު ހިނގި މިހާދިސާއާ ބެހޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355