twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޖަމިއްޔަތުއް ސަލަފާއި ޝަހީބު މީޑިޔާ ކޮންސަލްޓެންސީއާ ގުޅިގެން ނޫސްވެރިކަމުގެ ކޯހެއް ހިންގަނީ

Jan 21, 2012

ޖަމިއްޔަތުއް ސަލަފާއި ޝަހީބު މީޑިޔާ ކޮންސަލްޓެންސީ ގުޅިގެން ބޭސިކް ޖާނަލިޒަމް ކޯހެއް ހިންގާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޖަމިއްޔަތުއް ސަލަފުން މައުލޫމާތު ދޭ ގޮތުގައި އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 2 ހަފުތާގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދާ މިކޯހުގެ ކިޔެވުން އޮންނާނީ ރޭގަނޑުގެ ވަގުތު ތަކުގައި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވާ މިކޯހުގެ ފީ އަކީ 1500 ރުފިޔާ އެވެ. ކޯހުގައި ބައިވެރުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވިފައިވާ ކަމަށް ކޯސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.

ބޭސިކް ޖާނަލިޒަމް ކޯހުގައި ކިޔަވައިދެއްވަނީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި މިހާރު މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން އަންނަ މުޙައްމަދު ޝަހީބެވެ. އަދި މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެކި ފަރާތްތަކުން ހާއްސަ ލެކްޗަރތަކެއް ދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355