twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން ޒުވާނަކު ހައްޔަރުކޮށްފި

Jan 27, 2012

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާ އެކު 23 އަހަރުގެ ޒުވާނެއް ކުޅުދުއްފުށިން މިއަދު ހައްޔަރު ކޮށްފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ގާތްގަނޑަކަށް 14:50 ހާއިރު ކުޅުދުއްފުށިން ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީ ރަންނާޅި ގެސްޓުހައުސް އިން ކޮޓަރި އެއް ކުއްޔަށް ހިފައިގެން ހުރި ހ. ވީސަންގެ (މާލެ) އުމުރުން 23 އަހަރުގެ އަހުމަދު ނާފިޒް ޝަރީފް ކަމަށެވެ. އެމީހާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން އޭނާ ކުޅުދުއްފުށިން ހިފާފައި ހުރި ގެސްޓު ހައުސް ބަލާ ފާސްކުރުމުގެ ތެރޭގައި އެކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އަދި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށިން ހައްޔަރުކުރި އަހުމަދު ނާފިޒް ކުއްޔަށް ހިފާފައިވާ ކޮޓަރި ބަލާ ފާސްކުރިއިރު އެކޮޓަރީގައި ހުރި ޑްރެސިން ޓޭބަލްގެ ވަތްގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓަކާއި ޗުއިންގަމް ކަރުދާސްކޮޅެއްގެ މަތީގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެކާއި، ޕައިޕެއް އަދި ފޮއިލް ކޮޅެއް ފެނިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރަންނާޅި ގެސްޓުހައުސްގައި ހުއްޓާ ފުލުހުން ހައްޔަރުކުރި އަހުމަދު ނާފިޒް މިހާރު ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި އެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިޔާ އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355