twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު މަކުނުދޫގައި

Feb 7, 2012

އިބްރާހީމް ހަމީދު

ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު ބާއްވާ ރަށަކަށް ހދ މަކުނުދޫ ހަމަޖައްސައިފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމުތައް ބަލަހައްޓާ ހދ އަތޮޅު ގުރުއާން ކިޔެވުމުގެ މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް އަތޮޅަށް ހުޅުވާލި ފުރުޞަތުގައި ޕުރޮޕޯސަލް ހުށަހެޅި ހަމައެކަނި ރަށަކީވެސް ހދ މަކުނުދޫ އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ން 26 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު ބޭއްވި ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް ބާއްވާފައިވަނީ ހދ ކުޅުދުއްފުށީގައި އެވެ. އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތަށް ފޮނުވާނެ ކުދިން ތައްޔާރު ކުރުމުގެ މަގުސަދުގައި ކަމަށް އެކައުންސިލް އިން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355