twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުއްލި ހަބަރު: ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ކައުންސިލް އިދާރާ ކުރިމަތީގައި ޝުއޫރު ފާޅުކުރަން ފަށައިފި

Feb 7, 2012

11:00

ކައުންސިލް އިދާރާ ކުރިމަތީގައި ޝުއޫރު ފާޅުކުރުންތައް ހުއްޓާލައިފި.

ޝުއޫރު ފާޅު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެއް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނީ، “މިއީ ސުލްހަވެރި ކަމާއެކު ޝުއޫރުފާޅުކުރަން އެއްވި އެއްވުމެއް. މިއަދު ފުލުހުންނާއި ސިފައިން އެދައްކަމުންދާ ހިތްވަރަށް އަހަރެމެން ސާބަސްދެން. އަހަރެމެންވެސް މިތިބީ އެބޭފުޅުންނާއެކު. މަންޒަރުތައް ފެންނަގޮތުން ނަޝީދަކީ މިހާރު ރައީސެއް ނޫން.” ކަމަށެވެ.

މީގެ އިތުރަށް ޝުއޫރު ފާޅު ކުރުން ނިންމާލަމުން އެމީހުން ބުނީ، މިހާރު އެއްވުން ނިންމާލަނީ މިވަގުތު އަމީނީމަގު ބަންދުކޮށްގެން ތިބެން ބޭނުން ނުވާތީކަމަށާއި ފަހުންއަދި އުފާފާޅުކުރުމަށް އެއްވުމެއް ބާއްވާނެކަމަށް.

10:30

ކައުންސިލް އިދާރާގެ އުތުރަށް އޮންނަ މަގަށް އެމްޑީޕީގެ ސަޕޯޓަރުން ޖަމާވަމުން އެބަދޭ. ނަމަވެސް އަދި ހަމަނުޖެހުމެއް ނުހިނގާ.

09:45

މިހާރު މާލޭގައި ހިނގަމުންދާ ކަންތައްތަކާއި މެދު ޝުއޫރު ފާޅު ކުރުމުގެ ގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާގެ ކުރިމައްޗަށް އެއްވެއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ތިބެގެން އެމީހުން ގޮވަމުންދަނީ ޣައިރު ގާނޫނީ ވެރިކަމަކަށް މިރާއްޖޭގައި ފުރުސަތެއް ނެތް ކަމަށާއި މުޙައްމަދު ނަޝީދުގެ ވެރިކަން މިއަދު ނިމިގެން ދަނީ ކަމަށް.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293