twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުއްލި ހަބަރު: ކޯޓު އަމުރެއްގެ ދަށުން ހދ. އަތޮޅުގެ އަށް ފުލުހުންވަދެ ފާސްކުރަން ފަށައިފި

Feb 8, 2012

13:00

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ދާފިފަހުން ހިންގަންފެށި ހދ. އަތޮޅުގެ އިމާރާތަށް ފުލުހުންވަދެ ފާސްކުރަން ފަށައިފިއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އަތޮޅުގެ ތެރެ ފާސްކުރަން ފަށާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް މިއީ ކޮންކަމަކާއި ގުޅިގެން ހިންގާ އޮޕަރޭޝަންއެއް ކަމެއް ފުލުހުންގެ ފަރާތުން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކުޅުދުއްފުށީ އޮންލައިންއަށް ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަތޮޅުގެ ބަލާ ފާސްކުރަން ވަދެފައިވަނީ އެއިމާރާތުގައި ރާފުޅިތަކެއް ހުރިކަމަށް ޝައްކު ކުރެވިގެންނެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހދ. އަތޮޅުގޭގެ އިމާރާތުގައި ހިންގަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހު، އިއްޔެ އިސްތިއުފާ ދެއްވި ރައީސް ނަޝީދު ވަޑައިގެން ހުޅުވާދެއްވުމާއި ގުޅިގެން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293