twitterviber whatsapp telegramfacebookyoutube instagram
8th April 2026

ފުލުސް އޮފީހަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ކުޅުދުއްފުށިން 6 މީހަކު ހައްޔަރު ކޮށްފި

Feb 14, 2012

.

އިބްރާހިމް ހަމީދު

މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ ބުނެފިއެވެ.

އަންގާރަ ދުވަހު ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އޭގެ އަނެއް ދުވަހު މާލޭގައި ކުރެވުނު މުޒާހަރާ އާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި، އެމްޑީޕީއަށް ސްޕޯޓް ކުރާ ބަޔަކު އެއްވެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އަށް ވަނީ ހަމަލާ ދީފައެވެ. މިމައްސަލައިގައި ތުހުމަތު ކުރެވިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަލީ މުހައްމަދު ވިދާޅުވީ، ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝުކޫރާއި، އަހުމަދު ހަސަން، ސުހާނީ އާއި އަހުމަދު މުޙައްމަދު، ރިޝްތާ އާއި ހަސަން ނާޒިމް، ބަހާއު އާއި ހުސެއިން އާދަމް، ވައްތީނިގެ އާއި މުހައްމަދު އިބްރާހިމް، ސަހާމާ އެވެ.

ބުދަ ދުވަހުގެ ރޭ ޕޮލިސް ސްޓޭޝަނަށް ހަމަލާ ދިން މީހުންގެ ތެރެއިން ބަޔަކު މިއަދު ހައްޔަރު ކުރުމުގެ މަސައްކަތް ހިނގަމުން ދާކަމަށް ފުލުހުންގެ މީޑިއަރ އޮފިޝަލް ކުރިންވަނީ މިނޫހަށް މައުލޫމާތު ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355