twitterviber whatsapp telegramfacebookyoutube instagram
16th December 2025

ރާއްޖޭގެ ނަންބަރުތަކަށް ގުޅާ ރޭޓްގައި ބޭރަށް ގުޅޭ ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފަށައިފި

Feb 16, 2012

.

ރާއްޖޭގެ ނަންބަރުތަކަށް ފޯނު ކުރެވޭ ރޭޓުގައި އިންޑިއާ އަދި ބަންގްލަދޭޝްއަށް އަށް ގުޅޭ އައި.ޑީ.ޑީ ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފަށައިފިއެވެ.

މިމަހުގެ 15 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަވައްޓެރި އިންޑިއާ އަދި ބަންގްލަދޭޝް އަށް މިނިޓެކު 99 ލާރީގެ ރޭޓުން ގުޅޭނެއެވެ. މީގެ އިތުރުން މިޕްރޮމޯޝަން ގެ ތެރޭގައި 1.99 ލާރީގެ ރޭޓްގައި ސްރީލަންކާއަށް ގުޅޭގޮތަށްވެސް ވަތަނިއްޔާ އިން ވަނީ ހަމަޖައްސާފައެވެ.

ވަތަނިއްޔާގެ ކޮމާޝަލް ޑިރެކްޓަރ މުޙައްމަދު ރިފާޢު އިބްރާހިމް މައުލޫމާތު ދެއްވި ގޮތުގައި، މިއީ ރާއްޖޭގެ ނަންބަރުތަކަށް ގުޅޭ ރޭޓުގައި ބޭރަށް ގުޅޭ ޕްރޮމޯޝަނެއް ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

“މިއީ ފުރަތަމަ ފަހަރު ރާއްޖޭގެ ތާރީޚުގައިވެސް ލޯކަލް ކޯލް ރޭޓުގައި ބޭރަށް ގުޅާލެވޭ. ވަތަނިއްޔާއިން އަބަދުވެސް ވިސްނަނީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް، ވީހާވެސް ހެޔޮއަގެއްގައި ޚިދުމަތް ދިނުމަށް. އަޅުގަނޑުމެން އުއްމީދު ކުރަނީ މި ފުރުސަތުގެ ބޭނުން އަޅުގަނޑުމެންގެ ވަރަށް ގިނަ ކަސްޓަމަރުން ކުރާނެކަމަށް” މުޙައްމަދު ރިފާޢު އިބްރާހިމް ވިދާޅުވިއެވެ.

އައި.ޑީ.ޑީ ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފެށިއިރު، ޕްރިޕެއިޑް ޑަބަލް ބޮނަންޒާގެ ނަމުގައި 250،000 ރުފިޔާގެ އަގުހުރި ހިލޭ ކްރެޑިޓާއި، ހިލޭ މެގަބައިޓް ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355