twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށި ކައުންސިލްގެ ރައީސް ރަމީޒު ޕޮލިހަށް ހާޒިރުކޮށްފި

Feb 20, 2012

.

ހދ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކޮށްފިއެވެ.

މިއަދު ހަވީރު ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓާ ރަމީޒުގެ ގެޔަށް ގޮސްފުލުހުންގެ ޖިޕަށް އެރުވި މަންޒަރު ކުޅުދުއްފުށި އޮންލައިންގެ ރިޕޯޓަރަކަށް ވަނީ ފެނިފައެވެ.

އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ކައުންސިލްގެ ރައީސް މިއަދު ހައްޔަރު ކުރުމުގެ ކުރިން ފުލުސް އޮފީހަށް ހާޒިރު ވުމަށް މިއަދު ދެފަހަރެއްގެ މަތިން ޗިޓު ފޮނުވުމުންވެސް ހާޒިރު ވެފައި ނުވާކަމަށް މުއުތަބަރު ފަރާތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް އަށް ގުޅާލުމުން ވަނީ ރަމީޒު ފުލުހަށް ހާޒިރު ކުރިކަން ކަށަވަރު ކޮށްދީފައެވެ. ޝިޔާމް ވިދާޅުވީ، ބަލަމުންދާ މައްސަލަ އަކަށް މައުލޫމާތު ހޯދުމަށް ސުވާލު ކުރުމަށްޓަކައި ފުލުސް އޮފީހަށް ހާޒިރު ވުމަށް ދެފަހަރު ޗިޓު ފޮނުވުމުންވެސް ރަމީޒު ހާޒިރު ވެފައި ނުވާތީ، ކޯޓު އަމުރެއްގެ ދަށުން ފުލުހަށް ހާޒިރު ކުރެވިގެން ސުވާލު ކުރެވެމުން ދާކަމަށެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުންތަކެއް ދިން މައްސަލައިގެ ތުހުމަތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝުކޫރުވެސް މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރު ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355