twitterviber whatsapp telegramfacebookyoutube instagram
9th May 2025

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ކުޅުދުއްފުށީގެ ސްކޫލްތަކުގައި ފާހަގަ ކޮށްފި

Feb 22, 2012

.

އިބްރާހިމް ހަމީދު

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގެ ސްކޫލުތަކުގައި ދުވަހާ ގުޅުންހުރި ހަރަކާތްތަކެއް މިއަދު ހިންގައިފި އެވެ.

އެގޮތުން ކުޅުދުއްފުށީގެ ޕްރީ ސްކޫލެއް ކަމަށްވާ އިރުމަތި އަވަށު ޕްރީ ސްކޫލުގައި، މަދަހަ އާއި ރައިވަރު، ފަރިހި އަދި ޅެން ކިޔުން ކުރިއަށް ގެންދިޔައިރު އެސްކޫލުގެ ޓީޗަރުންވެސް ވަނީ ދުވަހާ ގުޅޭ އައިޓަމްތަކެއް ހުށަހަޅާ ދީފައި އެވެ. އިރުމަތި އަވަށު ޕްރީ ސްކޫލުގައި މިއަދު ހަވީރު ބޭއްވި މިހަރަކާތުގެ ޝަރަފުވެރި މެހެމާނަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގައި ވެސް ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި އެވެ. އެގޮތުން ރޭ އެސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ މަގުޞަދަކީ ބައިނަލްއަގުވާމީ ގޮތުން މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމާއި އެސްކޫލުގެ ދަރިވަރުން ދިވެހި ބަހަށް ކުޅަދާނަވުމާއި ދިވެހި ބަހަކީ މުހިއްމު ބަހެއް ކަން ކުދިންނަށް ވިސްނައިދިނުން ކަމަށެވެ.

އެސްކޫލުގައި ރޭ ބޭއްވި ސްޓޭޖް އައިޓަމްތަކުން ދަރިވަރުންނަށް، މާދަރީ ބަހުގެ ހުނަރު އެކި ދާއިރާތަކުން ސާބިތު ކޮށްދިނުމަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށާއި އަދި މިއީ ރައިވަރާ ތަމްސީލު ފަދަ ހަރަކާތްތައް ހިމެނިގެން މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355