twitterviber whatsapp telegramfacebookyoutube instagram
9th May 2025

ރައީސްކަމާ ޑރ. ވަހީދު ހަވާލުވުމުން އަތޮޅު ކައުންސިލްގެ ފަރާތުން މަރުހަބާ އާއި ޝުކުރުގެ މެސެޖެއް ފޮނުވި

Feb 23, 2012

.

އިބްރާހިމް ހަމީދު

ދިވެހިރާއްޖޭގެ ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ކަމުގެ މަސްއޫލިއްޔަތު ހަވާލުވެ މަގާމުގެ ހުވާ ޑރ. މުހައްމަދު ވަހީދު ހަސަން ކުރެއްވުމާއި ގުޅިގެން އެދުވަހު އެމަނިކުފާނަށް މަރުހަބާ ދަންނަވާ ސިޓީއެއް ފޮނުވާފައިވާ ކަމަށް ހދ. އަތޮޅު ކައުންސިލްގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެއެވެ.

ޑީއާރުޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރު ޒަކަރިއްޔާ ހަސަން މިހެން ވިދާޅުވީ، ކުރިން ވެރިކަންކުރި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިސަރުކާރަކީ އެޕާޓީގެ އެއްވެސް މެމްބަރެއް ގަބޫލު ކުރާނެ ސަރުކާރެއް ނޫންކަމަށް ބުނެފައިވަނިކޮށް، ހދ. އަތޮޅު ކައުންސިލް މެމްބަރުންގެ ތެރޭގައި އެކަމާ ތަފާތު ޚިޔާލު ތަކެއް އުޅޭ ކަމަށް އިއްޔެ ރަށުތެރޭގައި އަޑު ފެތުރިފައި ވަނިކޮށެވެ. ހދ. އަތޮޅު ކައުންސިލަކީ އެމްޑީޕީ ގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ޒަކަރިއްޔާ ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގައި ހިގަމުން މިދާ މިސަރުކާރަކީ ބަގާވާތުގެ ސަރުކާރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ހދ. އަތޮޅު ކައުންސިލުން މިސަރުކާރު ބަލައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް މަރުހަބާ އާއި ޝުކުރުވެސް ކައުންސިލްގެ ފަރާތުން ފޮނުވާައިވާނެ ކަމަށެވެ.

“ފެބްރުއަރީ މަހުގެ 8 ވީ ބުދަ ދުވަހު އަތޮޅު ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ، އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލްގެ 6 ބޭފުޅުންގެ އިއްތިފާގުން ވާނީ އަލަށް ހަވާލުވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަރުހަބާ އާއި ޝުކުރު ދެންނެވުމަށްޓަކައި މެސެޖް ފޮނުމަށް ފާސްކޮށްފައި. އަދި ހަމަ އެދުވަހު ރައީސް އޮފީހަށް އެ މެސެޖް ފޮނުވާފައި ވާނެ” ޒަކަރިއްޔާ ވިދާޅުވިއެވެ.

ހދ. އަތޮޅުގެ ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރަށްވާ ޒަކަރިއްޔާ އިތުރަށް ވިދާޅުވީ، އެމެސެޖް ކައުންސިލުން މީޑިޔާތަކާއި ހިއްސާ ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް މިހާ ހިސާބަށް އައިރުވެސް މީޑިއާ އާއި ހިއްސާ ނުކޮށް އޮތް އޮތުމަކީ ކަންބޮޑުވެ ރިޔާސަތުގެ ޒިންމާދާރުކަން ކުޑަކަން ފާހަގަ ވެގެންދާ ކަމެކެވެ.

އަދި މި ސަރުކާރަށް އެއްބާރުލުން ލިބިގެންދާނެކަމަށް ފޮނުވުނު ޝުކުރުގެ މެސެޖުން އަދި ކައުންސިލްގެ މެޖޯރިޓީން އެގޮތަށް ފާސްވުމުން އެއީ ކައުންސިލްގެ ނިންމުންކަމަށާއި ބައްދަލުވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ހިޔާލު ހުރިގޮތެއް ނޭގޭކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ނަމަވެސް އެބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވި ކަމަށް ޒަކަރިއްޔާ މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355