18:10
ދާދި ދެންމެއަކު އެމްޑީޕީގެ ސަޕޯޓަރެއްގެ ގައިގައި ތަޅައިގަނެ ހަމަނުޖެހުމެއް ހިންގައިފި އެވެ. ރައީސް ނަޝީދާއެކު ކުޅުދުއްފުއްޓައް އައި ހދ މަކުނުދޫގެ އެމްޑީޕީގެ ސަޕޯޓަރެއް ޕިކަޕެއްގައި ދަނިކޮށް ބިންމައްޗަށް ވއްޓާލުމަށް ފަހު އަނިޔާ ކޮށްފައި ވެއެވެ. އެކަންކުރީ ސީދާ ކޮން ޕާޓީއެއްގެ މީހެއްކަން އެނގިފައެއް ނުވެއެވެ. މިހާރު އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެސަރަހައްދުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ފަށައިފި.
ރައީސް ނަޝީދު އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާއެކު ކުޅުދުއްފުށީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަވަސް އިންތިހާބަކަށް ގޮވާލާ ކުރިއަށް ގެންދިޔަ މިހިނގާލުމުގައި ކުޅުދުއްފުށީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މިއަދު ރައީސް ނަޝީދު ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ބަނދަރު ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ކުރެވޭގޮތެއް ވަނީ ނުވެފައި އެވެ.
ކުޅުދުއްފުށީ އެމްޑީޕީގެ އިސް ފަރާތްތަކާ ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުންނާއެކު ރައީސް ނަޝީދުގެ ދަތުރުފުޅާ މެދު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވެއެވެ.
18:00
އެމްޑީޕީގެ ހިނގާލުން ނިންމާލައިފި. ނަޝީދު ވަޑައިގެންނެވީ ކުޅުދުއްފުށީގައި ހުންނަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހންގަމުން އަންނަ ކުރީ ހދ އަތޮޅު ގެ އަށް. ހދ އަތޮޅުގެ މެރިޓައިމް އެކަޑަމީ އަށް ދީފައިވަނީ ރައީސް ނަޝިދުގެ ވެރިކަމުގައި.
17:40
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށްދާ ހިނގާލުމުގައި، އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލަމުން އެބަދޭ. އަދި ކުޅުދުއްފުށީ އަމީނީ މަގުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައި އެވެ.
17:15
ތަފާތު އެކި ޝުއޫރުތައް ފާޅުކުރަމުން ރައީސް ނަޝިދާއި އެމްޑީޕީގެ ސަޕޯޓަރުން ރަށުގެ އެކި މަގުތަކުން ހިނގަމުން އެބަގެންދޭ. މިހާރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަގެންދޭ.
17:10
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތް ވަގުތު މާބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ. މިހާރު ރައީސް ނަޝީދު އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ހިންގަވާފައި އެބަ ވަޑައިގަންނަވާ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިންގައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ތައްޔާރުވި ވަގުތު ކުޅުދުއްފުށީގެ ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބަޔަކާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު ވެއްޔާއި ގަލުން ހަމަލާ ދީފި އެވެ.
މިއަދު ހަވީރު ކުރީގެ ރައީސަށް ތާއީދު ކުރާ ބަޔަކު ގޮވައިގެން ކުޅުދުއްފުއްޓަށް އައި މަކުނުދޫ ބޯޓެއް ތޮށި ގަނޑާ ކައިރި ކުރަން އުޅުމުން ގަލާއި ފުޅިފަދަ ތަކެތިން ހަމަލާދީފައި ވެއެވެ. އަދި އޭގެ ފަހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި ކުރީ ސަރުކާރުގެ އިސްވެރިން ތިއްބެވި ލޯންޗެއް ފަޅުތެރެއަށް ވަނުމާއެކު ގަލާ ފުޅިފަދަ ތަކެތިން އެލޯންޗަށް ވެސް ހަމަލާ ދީފައި ވެއެވެ.
(އިތުރު ތަފްސީލް އަންނަނީ)