twitterviber whatsapp telegramfacebookyoutube instagram
6th July 2025

ކުޅުދުއްފުށިން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

Mar 10, 2012

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދަނީ ކުޅުދުއްފުށީ މާއޮފި ފާތިމަތު ވަހީދާ 17 އެވެ.

ގެއްލުނު ކުޑަކުއްޖާގެ މަންމަ ޒުބައިދާ ހުސެއިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރޭ 12 ޖެހިއިރު ޑިއުޓީ ނިންމާފައި ގެއަށް އައިއިރު ދަރިފުޅު ގޭގައި ނެތްކަން އެނގުމުން ހޯދަން ފަށާފައިވާ ކަމަށެވެ. މިދިޔަ އަހަރު ގްރޭޑްް 10 ނިންމި އެކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ރޭ 9 ޖަހާއިރު ޒުބައިދާ ގެއަށް ބްރޭކަށް ދިޔަ ވަގުތުކަމަށް އޭނާ ބުނެއެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން މިހާރު އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކުއްޖާ ހޯދުމުގެ މަސައްކަތް ކުޅުދުއްފުށީ ކައުންސިލާއި އާންމު ރައްޔިތުން މިހާރުވެސް ގެންދަނީ ކުރިއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355