twitterviber whatsapp telegramfacebookyoutube instagram
9th May 2025

ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ ކުއްޖާ ފެނިއްޖެ

Mar 10, 2012

ރޭ ދަންވަރުން ފެށިގެން ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ މާއޮފި އުމުރުން 17 އަހަރުގެ ފާތިމަތު ވަހީދާ ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު ކުޅުދުއްފުށީގައި ހުންނަ ފުލުހުންގެ މަރުކަޒަށް އައިސް އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށެވެ. އަދި މިހާރު އެކުއްޖާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ގެއްލުނު ކުޑަކުއްޖާގެ މަންމަ ޒުބައިދާ ހުސެއިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ހެނދުނު ބުނެފައިވަނީ، ރޭ 12 ޖެހިއިރު ޑިއުޓީ ނިންމާފައި ގެއަށް އައިއިރު ދަރިފުޅު ގޭގައި ނެތްކަން އެނގުމުން ހޯދަން ފަށާފައިވާ ކަމަށެވެ. މިދިޔަ އަހަރު ގްރޭޑް 10 ނިންމި އެކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ރޭ 9 ޖަހާއިރު ޒުބައިދާ ގެއަށް ބްރޭކަށް ދިޔަ ވަގުތުކަމަށް އޭނާ ބުނެއެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355