twitterviber whatsapp telegramfacebookyoutube instagram
11th August 2026

މިދިޔަ މަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ކުޅުދުއްފުށީ 52 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި

Mar 13, 2012

.

މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ތަންތަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 52 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވުމާ ގުޅިގެން ޖެހިގެން އައި ދުވަހު އަތޮޅުތެރޭގެ އެކި ސަރަހައްދު ތަކުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ކުޅުދުއްފުށީގައި ފުލުހުންނަށް އަނިޔާކޮށް ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި 52 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު ޕީޖީ އަށް ފޮނުވި 52 މީހުންނަކީވެސް ކުޅުދުއްފުށީ މީހުންކަމަށެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށާއި ކުޅުދުއްފުށީގައި ހުންނަ ސިފައިންގެ މަރުކަޒުގައި ބާއްވާފައި އޮތް ފަޔަރ ވެހިކަލަކަށްވެސް ވަނީ ގެއްލުންތަކެއް ދީފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355