twitterviber whatsapp telegramfacebookyoutube instagram
24th August 2025

ކުޅުދުއްފުށީގައި ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއް ހިނގައިފި

Mar 13, 2012

.

ކުޅުދުއްފުށީގައި ސައިކަލަކާއި ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

މިއެކްސިޑެންޓް ހިގަން ދިމާވީ މަގާންމަގުން އިރަށް ދުއްވާފައި ދިޔަ ކާރެއް އޯވަޓޭކްކޮށް ސައިކަލު ކުރިއަށް އަރަން އުޅުމުގެ ތެރޭގައެވެ.

މިއެކްސިޑެންޓްގައި ސައިލަކުގައި ތިބި ދެމީހުންހަށް އެކިވަރުގެ އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެއެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިނީ ކުޅުދުއްފުށީ ޖީޒާގެ މުހައްމަދު ސައީދު އެވެ. އޭނާގެ ފަހަތުގައި އިނީ ކުޅުދުއްފުށީ ޖޯޖިޔާ އަހުމަދު މުހައްމަދެވެ.

ކުޅުދުއްފުށީ ގްރީން ޓެކްސީގެ މި ކާރު މަގާންމަގުން އިރަށް ދުއްވާފައި އައިސް ކަނައަތް ފަރާތަށް ގޯޅިއަކަށް އަޅަން ސިގްނަލް ދީފައި ވަނިކޮށް ފަހަތުން ދުއްވާފައި އައި ސައިކަލު ކާރުގައި ޖެހުމުގެ ސަބަބުން ކާރުގެ ލޯގަނޑު ނެއްޓި ކާރުގެ އެއް ފަރާތް ވަނީ ވަރަށް ބޮޑަށް ބަނޑިވެފައި ވެއެވެ.

މަންޒަރު ދުއްމީހަކު ބުނީ ކާރު ސިގްނަލް އަޅާފަ އޮށްވާ ފަހަތުން އެސައިކަލް ކުރިއަރަން އުޅުމުގެ ތެރޭގައި ކާރުގައި ޖެހި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ކުރިމަތީގަ ހުރިފާރުގަ ވެސް ޖެހިފާއިވާ ކަމަށެވެ.

މިމައްސަލަ މިހާރު ގެންދަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355