.
އިބްރާހިމް ހަމީދު
އިންޖީނުން އެއްޗެއް ގޮވައި އިންޖީނު ހަލާކުވި ކުޅުދުއްފުށީ ފާޅުބޯޓަށް ދިމާވި ގެއްލުންތައް ފޫބެއްދުމަށް 3 މިލިޔަން ރުފިޔާ ހަރަދު ވެފައިވާކަމަށް ފާޅުބޯޓުން ބުނެފިއެވެ.
މިއަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ހަލާކުވި ހާދިސާގައި އިންޖީނަށާއި ބޯޓަށް ލިބުނު ގެއްލުން ފޫބެއްދުމަށް 3 މިލިޔަން ރުފިޔާ ހަރަދު ވެފައިވާ ކަމަށާއި، ބޯޓުގައި އާއިންޖީނެއް އެޅުމަށްފަހު މާދަމާ (ބުދަ ދުވަހު) ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފާޅުބޯޓުގެ ފަރާތުން ވާހަކަ ދެއްކި މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
“ބޯޓުގެ އިންޖީނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ތިން މިލިޔަން ރުފިޔާ ހަރަދު ކުރުމަށްފަހު، ބޯޓުގައި މިހާރު އާ އިންޖީނެއް އަޅައިގެން އެކާވީސް ވާ ބުދަ ދުވަހު ހަވީރު މާލެއިން ކުޅުދުއްފުއްޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ.” މުޙައްމަދު ޙަސަން ބުންޏެވެ. “ބުދަ ދުވަހު ދަތުރުތައް ފެށުނު ކަމުގައި ވިޔަސް ބޯޓުގެ ޝެޑިއުލް ދަތުރުތައް ކޮންމެ ހޮނިހިރަކާއި އަންގާރަ ދުވަހު އޮންނާނެ.”
ފާޅުބޯޓުން ޕަސިންޖަރެއްގެ އަތުން ނަގަނީ 300 ރުފިޔާއެވެ.