twitterviber whatsapp telegramfacebookyoutube instagram
27th September 2026

ފިހާރެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ފައިސާތަކެއް ވަގަށް ނަގައިފި

Mar 20, 2012

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ފައިސާ ތަކެއް ވަގަށް ނަގައިފިއެވެ.

މިރޭ އިރާކޮޅު ދޮރު ހަލާކުކޮށްލައިގެން ވަދެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ޑައިމަންޑްވިލާ ގޭގައި ހުންނަ “ނިއު އެޑްމޭން” ފިހާރައިންނެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން އެފިހާރައިގެ ފަރާތުން ވާހަކަ ދެއްކެވި އާދަމް ވަހީދު ވިދާޅުވީ އެފިހާރަ ފަޅާލާފައިވަނީ މިރޭ މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ދެމެދުގެ ވަގުތެއްގައި ކަމަށާއި ފިހާރައަށް ވަގުން ވަދެފައިވަނީ ފިހާރައިގެ މައި ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

” ފިހާރަ ފަޅާލައިފައި ހުރިކަން އެގުނީ ފިހާރާގެ ސޭޓަކަށް އިން ކުއްޖާ މިރޭ 8 ޖަހާއިރު ފިހާރަ ހުޅުވަން އައިމަ. ފިހާރަ ހަވީރަށް ބަންދުކޮށްފައި ދިޔައިރު ވަތްގަނޑުގައި އޮތް 1400 ރުފިޔާ ވަގަށް ގެންގޮސްފައި ވަނީ. ފިހާރައިން އެހެން އެއްޗެއް ގެންދިޔަކަން އަދި ފާހަގައެއް ނުކުރެވޭ” އާދަމް ވަހީދު ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ. މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތު މިރޭ ލިބޭގޮތް ވަނީ ނުވެފައި އެވެ.

މިފަހަކަށް އައިސް ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައިވެސް ކުޅުދުއްފުށީގެ ފިހާރެއް ފަލާލައި ބައެއް ގޭގެއިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންގޮސް ފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293