twitterviber whatsapp telegramfacebookyoutube instagram
6th July 2025

ދުއްވާފައި ދިޔަ ދެސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Mar 26, 2012

.

ދުއްވާފައި ދިޔަ ދެސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު ކުޅުދުއްފުށީ ނިކަގަސްމަގުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި  ދިޔަ ދެމީހުން ތިބި ސައިކަލަކާއި ކެނދިގަސްމަގުން ނުކުތް ސައިކަލެއް ޖެހިގެން ނެވެ. މަންޒަރުދުއް ފަރާތްތަކުން ބުނާގޮތުން އެވަގުތު އެހެން ސައިކަލެއްވެސް ބާރު ސްޕީޑުގައި ހުޅަނގުން އިރަށް ގޮސްފައިވެއެވެ.

ނިކަގަސްމަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލު ދުއްވަންއިން ކުޅުދުއްފުށީ ސެމްޕަލް ސަލްމާން އަލީ އަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާކަމަށް މަންޒަރު ދުއްފަރާތަކުން މައުލޫމާތު ދެއްވިއެވެ. އަދި އެސައިކަލުގެ ފަހަތުގައި އިން ކުޅުދުއްފުށީ ޒޭވަރު އަބްދުﷲ މުޙައްމަދުގެ އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވެފައި ވާކަމަށްވެސް ވެއެވެ. މިދެމީހުންގެ ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މީގެއިތުރުން ކެނދިގަސްމަގުން ނުކުތް ސައިކަލުގައި އިން ކުޅުދުއްފުށީ ބެނިސަން މުހައްމަދު އަބްދުއްރަހީމް ގެ ފަޔަށް ތަދުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިތިން މީހުންނަށް ވެސް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355